ތިމާއަށް މިންވަރު ކުރައްވާފައިވާ ކަމެއް އެހެން މީހަކަށް ނުލިބޭނެ ކަމާ ލިބޭނީ ތިމާއަށްކަން ޔަޤީން ކުރާނަމަ ކަންބޮޑުވުންތަކުން ސަލާމްތްވެވޭނެ: މުފްތީ މެންކް
"ގިނަބައަކު އަބަދުވެސް އުޅެނީ ކަންކަމުގައި އަވަސް އަރައިގަނެގެންނެވެ. ނަތީޖާއަކަށްވަނީ "ސްޓްރެސް" އާ ކުރިމަތިލާންޖެހުމެވެ. މިހެންމިވަނީ ތިމާ އަމިއްލަ އަށް ކަނޑައަޅާ ތާވަލާ އެއްގޮތަށް ލަނޑުދަނޑިތައް ޙާޞިލުނުކުރެވޭތީއެވެ. މިސާލަކަށް ޑިގްރީއެއް ޙާޞިލުކުރުން، ރަނގަޅު ވަޒީފާއެއް ލިބުން، ކައިވެނިކުރުން، ދަރިން ލިބުން ފަދަ ކަންކަމުގައެވެ.
މިކަންކަމަށް އޮތް އެންމެ ބޮޑު އެއް ހައްލަކީ ތިމާއަށް ﷲ ތައާލާ މިންވަރުފުޅު ކުރައްވަވާފައިވާ ކަންކަން އެކަމުގެ އެންމެ ރަނގަޅު ވަގުތުގައި ތިމާއަށް ޙާޞިލުވެގެންދާނެކަން ޤަބޫލުކުރުމެވެ. އަދި ތިމާއަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ކަންކަން ތިމާއަށް ލިބޭނެ، ޙާޞިލުވާނެ ކަމާއި ތިމާއަށް ލިބެން ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ކަމެއް އެހެން އެއްވެސް މީހަކަށް ނުލިބޭނެކަން ޔަޤީންކޮށްގެން ހުރުމެވެ."
މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްކޮޅެކެވެ.