"މަޙްރަމަކާ ނުލައި ޢުމްރާއަށް ނުވަތަ ޙައްޖަށް ދެވިދާނެތޯ؟ ގްރޫޕެއްގެ ޙަވާލުގަ ޙައްޖަށް ދެވިދާނެތޯ؟"
މިސުވާލުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "މަޙްރަމަކާއި ނުލައި އަންހެނަކު ދަތުރުކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން" ކަމަށެވެ.
ޑރ. އިޔާޟްގެ މިޖަވާބުން އެނގިގެންދަނީ ގްރޫޕެއްގެ ޙަވާލުގައި ނަމަވެސް އަންހެނަކު ޙައްޖަށް ނުވަތަ ޢުމްރާޢަށް ދާނަމަ ދާންޖެހޭނީ މަޙްރަމަކާއިއެކުގައި ކަމެވެ. ގްރޫޕުގެ މީހުންގެ ތެރޭގައި މަޙްރަމަކު ހުންނަން ޖެހޭނެ ކަމެވެ.
މާނައަކީ ގްރޫޕުގެ ފަރާތުން މީހުން ގޮވައިގެން ޙައްޖަށް ނުވަތަ އުމުރާއަށް ދާ މީހުންގެ ތެރޭގައި އެމީހާގެ މަޙްރަމަކު ނުހިމެނޭ ނަމަ ގްރޫޕުގެ ޙަވާލުގައި ނުދެވޭނެ ކަމެވެ. ގްރޫޕެއްގެ ހަވާލުގައި ނަމަވެސް ދަތުރުކުރެވޭނީ މަޙްރަމަކާއިއެކުގައި ކަމެވެ.