ސްޕްރީމް ކޯޓުން މިއަމުރުނެރެފައި މިވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގައި ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އެދިވަޑައިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމުންނެވެ.
ސްޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރުގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ ޖަލު ހުކުމާ މެދު އެ ކޯޓުން ވަކި ގޮތެއް ކަނޑައަޅައި ނިމެންދެން، ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް އަމުރުކުރާ ކަމަށާޢި އަދި ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ހުކުމާ ގުޅިގެން، ނަޝީދާ މެދު އެއްވެސް ފަރާތަކުން އެއްވެސް ފިަޔަވޅެއް ނޭޅުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް އަމުރުކުރާކަމަށެވެ.
އަމިއްލަފުޅަށް އަރުވާލެވިގެން ރާއްޖެއިން ބޭރުގައި އުޅުއްވާތާ ތިން އަހަރަށް ފަހު އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގަންނަވަން ރައީސް ނަޝީދު ވަނީ ނިންމަވައިފަ އެވެ.
Court Order of the Supreme Court: 2018/SC-VA-J/03
— Maldives Judiciary (@judiciarymv) October 30, 2018
ReadMore: https://t.co/IikCjXivpp pic.twitter.com/KYB68rLQbX