މަސްޖިދު ސުންނަތަކީ މިސްކިތަށް ވަދެފައި ނަމާދު ގަޑިއަކާއި ދިމާނުވާނަމަ، މިސްކިތުގައި އިށީނުމުގެ ކުރިން ކުރާ 2 ރަކްޢަތް ނަމާދަށް ކިޔާ ނަމެކެވެ. ކޮންމެ ރަކްޢަތެއްގައިވެސް ސޫރަތުލްފާތިޙާއަށްފަހު ބޭނުން ސޫރަތެއް، ނުވަތަ ކީރިތި ޤްރްއާނުން ކިޔަވަން ބޭނުން ހިސާބަކުން ކިޔެވިދާނެއެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޝައިޚް އިބްރާހީމް ފަރީދު ވިދާޅުވަނީ ހުކުރަށްދާ މީހާ މަސްޖިދު ސުންނަތް ނުކޮށް އިށީނދެގެން ނުވާނެ ކަމަށެވެ. އެކަމުގެ ދަލީލަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޚުޠުބާ ވިދާޅުވަނިކޮށް މިސްކިތަށް ވަޑައިގެންނެވި ޞަޙާބީއަކަށް މަސްޖިދު ސުންނަތް ކުރައްވާފައި އިށީނދެވަޑައިގަތުމަށް އަންގަވާފައިވުން ކަމަށެވެ. އަދި ބައެއް ޢިލްވެރިން ހުކުރު ދުވަހުގެ މަސްޖިދު ސުންނަތަކީ (ހުކުރަށް ދާ މީހާއަށް) ވާޖިބެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް ޝައިޚް ފަރީދު ވިދާޅުވިއެވެ.
މަސްޖިދު ސުންނަތް ނުވަތަ ތަހިއްޔަތުގެ 2 ރަކްޢަތަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. ރަސޫލާ (ޞޢވ) އާއި ޞަހާބީން އަދި އެއިގެ ފަހުގެ ބޭކަލުންވެސް އިސްކަން ދެއްވައިގެން ކުރައްވާފައިވާ ނަމާދެކެވެ. ނަމަވެސް މިހާރަކަށް އައިސް ގިނަ ބައަކު ވަނީ އެ ނަމާދުގެ މަތިން ހަނދާންވެސް ނެތިފައެވެ.