މެންބަރުންގެ އަތްފައި ބަނީމަ އަނިޔާވެރި ވެރިންގެ އަނިޔާވެރިކަން ހުއްޓުވަން ކުރެވޭނެ ކަމެއް ނޯންނާނެ: މެންބަރުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
މެންބަރުންގެ އަތްފައި ބަނީމަ އަނިޔާވެރި ވެރިންގެ އަނިޔާވެރިކަން ހުއްޓުވަން ކުރެވޭނެ ކަމެއް ނޯންނާނެ: މެންބަރުން
މަޖިލީހުގެ މެންބަރުންގެ އަތްފައި ބަނދެފިނަމަ އަނިޔާވެރި ވެރިންގެ އަނިޔާވެރިކަން ހުއްޓުވަން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެއެވެ.

މެންބަރުން ވިދާޅުވީ އެންޓި-ޑިފެކްޝަނުގެ ޤާނޫނުތައް ފަދަ މެންބަރުންނާއި ގުޅުންހުންނަ ޤާނޫނުތައް ފާސްކުރާއިރު މެންބަރުން އަޅުވެތި ކުރެވޭ ގޮތަށް ބިލް ފާސްކޮށްފި ނަމަ މެންބަރުންނަށް ތިބެންޖެހޭނީ އަނިޔާވެރި، ކޮރަޕްޓް، ވެރިންގެ އަޅުވެތިކަމުގައި ކަމަށެވެ.

މެންބަރުން ވިދާޅުވީ އެއިރަކު ވެރިކަމުގައި ހުންނަ މީޙަކު، ޤާނޫނުތަކާއި ޚިލާފަށް ކިތަންމެ ގިނަ ކަންތައްތަކެއްކޮށް ކިތަންމެ ބޮޑެތި ޖަރީމާތަކެއް ހިންގި ނަމަވެސް އެމީހާގެ ޕާޓީގެ މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ޙައްޤުގައި ތެދުވެވޭނީ، އަދި އެއްވެސް ކަމެއް ކުރެވޭނީ އެކަން ކުރުމުގެ މިނިވަންކަން މެންބަރުންނަށް އޮވެގެން ކަމަށެވެ.

މިއަދު މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ފަދަ ވަރަށް މަދު މެންބަރަކު ނޫނީ ވާހަކަފުޅު ދައްކަވާފައިވަނީ މިހާރު އޮތް އެޓި-ޑިފެކްޝަނުގެ ބިލު އުވާލައި ފުރިހަމަ ބިލެއް، ޕާޓީތަކާއި މެންބަރުންގެ ހައްޤުތައްވެސް ހިމާޔަތްކުރެވޭ ގޮތަށް ފާސްކުރުމަށެވެ. އަދި އެއިގެ ކުރިން ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.
މިއަދު އޮންލައިން