މެންބަރުންގެ ގޮނޑި ގެއްލޭ ބިލް ނުވަތަ އެންޓި ޑިފެކަޝަނުގެ ބިލް އުވާލުމުގެ ބިލް މަޖިލީހަށް ބަލައިގަނެ ވަގުތީ ކޮމިޓީއަކަށް ފޮނުވަން ފާސްކޮށްފިއެވެ. ބިލް ބަލައިގަންނަން ފާސްކުރީ 2-34 މެންބަރުންގެ ވޯޓުންނެވެ. ބިލް ކޮމިޓީއަކަށް ފޮނުވަން ފާސްކުރީ 1-37 މެންބަރުންގެ ވޯޓުންނެވެ.
މިއަދުގެ ޖަލްސާގައި ވަނީ 7 މެންބަރުންގެ ކޮމީޓީއެއް ހޮވައިފައެވެ. 7 މެންބަރުންގެ ނަން ހުށަހެޅުއްވީ ބިލް ހުށަހަޅުއްވާފައިވާ ރިޔާޟް ރަޝީދުއެވެ. ތާއީދު ކުރެއްވީ ޢަލީ މައްރޫފްއެވެ.
މިއަދުގެ ޖަލްސާގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ވަނީ ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
މިއަދުގެ ޖަލްސާ ނިންމައިލަމުން ރިޔާސަތުން ވަނީ މާދަމާ ރޭ 8.00 ގައި މަޖިލީހުގެ ޖަލްސާއެއް ބާއްވާނެކަން އިއުލާނުކޮށްފައެވެ.