ރައީސް ނަޝީދު "ރައްޔިތުންގެ ތަކުރުފާނު" ގެ އިއްޒަތުގައި ރާއްޖެ ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ރައީސް ނަޝީދު "ރައްޔިތުންގެ ތަކުރުފާނު" ގެ އިއްޒަތުގައި ރާއްޖެ ވަޑައިގެންފި
ރައީސް ނަޝީދު "ރައްޔިތުންގެ ތަކުރުފާނު"ގެ އިއްޒަތުގައި ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް ނަޝީނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓޫން މަރުޙަބާ ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ ނައިބް ފައިޞަލް ނަސީމް އާއި ކޯލިޝަނުގެ އެންމެ އިސްވެރިންނާއި މަޖިލިސް މެންބްރުންނާއި ގިނަ އަދަދެއްގެ ރައްޔިތުންނެވެ.

މިވަގުތު އިންނެވީ ވީއައިޕީ ލޫންޖުގައި މަޑުކޮށްލައްވައިގެންނެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި މާލެ ވަޑައިގަންނަވާނެއެވެ.

ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމުގެ ކަންކަން ކަނޑުމަތީގައިވެސް ކުރިއަށް ގެންދާނެއެވެ.

އިތުރު ތަފްޞީލް އަންނަނީ---




މިއަދު އޮންލައިން