ރާއްޖެއިން ބޭރުގައި ފިލާ ހުރީ ނޫން ކަމަށާ ފައުޅުގަ ކުރި މަސައްކަތަކީ ވެރިކަން ބަދަލުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ރާއްޖެއިން ބޭރުގައި ފިލާ ހުރީ ނޫން ކަމަށާ ފައުޅުގަ ކުރި މަސައްކަތަކީ ވެރިކަން ބަދަލުކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ
ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ހުންނެވީ ނޫން ކަމަށާއި ރާއްޖެއިން ބޭރުގައި ހުނަނަވައިގެން ފައުޅުގައި ކުރެއްވި މަސައްކަތަކީ ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރުން ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މިޙައްމަދު ނަޝީދު މިރޭ ވިދާޅުވީ ރާއްޖެ ވަޑައިގެންނެވި ނަމަ ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރެއވުމުގެ މަސައްކަތްޕުޅު ނުކުރެއްވޭނެ ކަމަށެވެ. އަދި އެމަނިކުފާނު ރާއްޖެއިން ބޭރަށް ވަޑައިގަތީ ރައީސް ޔާމީނާއި ޑީލެއް ހައްދަވައިގެން ނޫން ކަމަށާއި އެމަނިކުފާނު ބޭރަށް ފޮނުއްވުން ނޫން ގޮތެއް ރައީސް ޔާމީނަށް ނެތުމުން ފޮނުއްވީ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ މިރާއްޖެ ހުދުމުހުތާރު ވެރިކަމެއްގެ ތެރެއަށް ދިއުމަށް ފުރުސަތު ނުދިނުމަށް ސާބިތުކަމާއިއެކު ތިބެން ޖެހޭނެ ކަމަށާއި އެކަމުގައި އެކެއް އަނެކެއްގެ ކިބައިން ހިތްވަރުހޯދަންވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެއަކީ ސުލްހަވެރި ހަރަކާތް ހިންގާ، ސުލްހަވެރިކަމާއިއެކު އިންތިޒާމުވެގެން ހިންގާ ހަރަކާތުގައި ވެރިކަން ބަދަލުކުރާ ފަހުރުވެރި ގައުމަކަށް އަނެއްކާވެސް މިއޮތީ ވެފައި ކަމަށާއި އެކަން ދުނިޔެ ވަނީ ބަލައިގެންފައި ކަމަށެވެ.
މިއަދު އޮންލައިން