"ބައެއް މީހުންނަކީ ތިބާގެ ވަރަށް ބޮޑެތި ހަސަދަވެރިން ކަމަށްވެދާނެއެވެ. ކީއްވެގެންކަން އެނގޭހެއްޔެވެ؟ އެމީހާ އެންމެ ބޮޑަށް ބޭނުންވަނީ ހަމަ ތިބާ ފަދަ މީހަކަށް ވުމަށް ކަމަށްވުން ވަރަށް ކައިރިއެވެ. ނޫނީ ވާނީ ހަމަ ތިބާ ފަދަ މީހަކަށް ވުމަށް އެދޭ މީހަކަށެވެ. އެކަން ޙާޞިލު ނުކުރެވުމުން އޭނާ އެވަނީ ތިބާގެ އެންމެ ބޮޑު ހަސަދަވެރިޔާއަށް ވެފައެވެ.
އެފަދަ މީހުން ތިބާ އާއިމެދު ކޮންމެ ފަދަ ވާހަކަތަކެއްވެސް ފަތުރައިފާނެއެވެ. ވާހަކަތައް އަމިއްލައަށް އުފައްދައިގެންވެސް ފަތުރާނެއެވެ. ބުންޏޭ ބުންޏޭ ކިޔައިގެންވެސް ފަތުރާނެއެވެ.
އެނގޭ ހެއްޔެވެ؟ މިއީ ﷲ ތަޢާލާ ތިބާ ކުރައްވަވާ އިމްތިޙާނެކެވެ. އިމްތިޙާނުން ފާސްވާށެވެ. އިމްތިހާނުން ފާސްވުމަށް ކުރަން އޮތް ކަމަކީ ރައްދު ނުދިނުމެވެ. ކެތްތެރިކަން އިސްކޮށް ހަމަ އަޅައިވެސް ނުލައި މަޑުން ހުރުމެވެ. ތިބާގެ އަމަލުތައް ބަރާބަރުކުރާށެވެ. އެއިރުން ތިބާގެ އަމަލުތައް ތިބާގެ ދިފާއުގައި ވާހަކަ ދައްކާނެއެވެ."
މިއީ މުފްތީ މެންކް ބަޔާންކުރައްވަވާފައިވާ ނަޞޭޙަތުގެ ބަސްކޮޅެކެވެ.