ދެމަފިރިންގެ މައްސަލަތައް ޢާއިލާޢަށް ހުށަހެޅުމުން އެކަން މިހާރުވަނީ ދުނިޔެވަރުގެ ބޮޑުކަމަކަށް- އަމިއްލައަށް ޙައްލުކުރޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދެމަފިރިންގެ މައްސަލަތައް ޢާއިލާޢަށް ހުށަހެޅުމުން އެކަން މިހާރުވަނީ ދުނިޔެވަރުގެ ބޮޑުކަމަކަށް- އަމިއްލައަށް ޙައްލުކުރޭ!: މުފްތީ މެންކް

ގިނަ ކައިވެނިތައް ރޫޅެން މެދުވެރިވާ ސަބަބަކަށް މިހާރު ވެފައި މިއޮންނަނީ ހަޤީޤަތުގައި އެކަމުން ސަލާމަތްކޮށްދޭން ޖެހޭ ޢާއިލާތަކެވެ. މާނައަކީ ކައިވެނިތައް ރޫޅުމުގައި މިހާރު އެންމެ އިސް ދައުރެއް އަދާކުރަނީ ދެމަފިރިންގެ މެދުގައި އުފެދޭ މައްސަލަތައް ޙައްލުކުރުމުގައި އެހީތެރިވެދީ ދެމަފިރިންގެ ގުޅުން ބަދަހިކަމާއިއެކު ދަމަހައްޓަން މަސއްކަތް ކޮށްދޭންޖެހޭ އެމީހުންގެ ޢާއިލާތައް ކަމެވެ.

އެއްވެސް ސަބަބަކާއިހުރެ ޢާއިލާއަށް މައްސަލައެއް ހުށަހަޅައިފިނަމަ ބައެއް ޢާއިލާތަކުން އެކަން ދުނިޔެ ވަރުގެ ބޮޑު މައްސަލައަކަށް އެބަހަދައެވެ. އިތުރަށް މައްސަލަ ހޫނުކުރުވައެވެ. އިތުރު ފިތުނަތައް އުފެދޭ ގޮތަށް މައްސަލަތައް އެބަ އުފައްދައެވެ.

މިހެން މެދުވެރިމިވަނީ އެފަދަ ޢާއިލާތަކުގެ މީހުންގެ ތަޤްވާވެރިކަން ކުޑަވުމުންނެވެ. އެމީހުންގެ މަސްއޫލިއްޔަތު އެމީހުންނަށް ނުއެނގޭތީއެވެ. ވީމާ މައްސަލައެއް ޢާއިލާއަށް ހުށަހެޅުމުގެ ކުރިން އެމީހުންގެ ތަޤްވާވެރިކަމަށާއި އެމީހުންގެ އަމަލުތަކަށް ބަލައި ރިޢާޔަތްކުރާށެވެ. އެގޮތުން އެމީހުންނަކީ މައްސަލައެއް ޙައްލު ކުރުމުގެ ޤާބިލުކަން ހުރި ބައެއްކަން އެމީހުންގެ އަމަލުތަކުން ޔަޤީންކުރާށެވެ.

ހަމަ އެއާއިއެކު ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައް ދެމެފިރިންގެ މެދުގައި މަޝްވަރާކޮށްގެން ހައްލުކުރަން އިސްކަންދޭށެވެ. އެ މައްސަލަތަކުގެ އަޞްލު އެންމެ ބޮޑަށް އެނގޭނީ ވެސް އަދި ޙައްލު އެނގޭނީ ވެސް އަދި ޙައްލުކުރެވޭނީ ވެސް ދެމަފިރިންނަށް ކަމުގައިވާތީއެވެ.

ނަމަވެސް ކައިވެނި ރޫޅާލަން ޖެހޭ ޙާލަތްތަކުގައި އެކަން ކުރުމުގެ ކުރިން ޢާއިލާގެ އެހީތެރިކަމާއި ހެޔޮ އެދޭ ގާތް ރަޙްމަތްތެރިންގެ އެހީ ތެރިކަން ހޯދަންވާނެއެވެ. ކައިވެނި ނުރޫޅައި ސަލާމަތްކުރަން ކުރެވެންހުރި ހުރިހާ މަސައްކަތަތަކެއް ކުރަންވާނެއެވެ. މުފްތީ މެންކުގެ ނަޞޭޙަތުގެ ބަސްކޮޅެއް

މިއަދު އޮންލައިން