ފުރިހަމަ އީމާންތެރިންނަކީ ތިމާ އެދިގެން ދިއަ ކަންތައް ޙާޞިލު ނުވުމުން ވެސް "ޝުކުރިއްޔާ" ބުނާ މީހުންނެވެ! އެފަދަ މީހަކަށްވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފުރިހަމަ އީމާންތެރިންނަކީ ތިމާ އެދިގެން ދިއަ ކަންތައް ޙާޞިލު ނުވުމުން ވެސް "ޝުކުރިއްޔާ" ބުނާ މީހުންނެވެ! އެފަދަ މީހަކަށްވާށެވެ!: މުފްތީ މެންކް

ފުރިހަމަ އީމާންތެރިންނަކީ ތިމާ އެދިގެން ދިއަ ކަންތައް ޙާޞިލު ނުވުމުން ވެސް "ޝުކުރިއްޔާ" ބުނާ މީހުންނެވެ! އެފަދަ މީހަކަށްވާށެވެ!: މުފްތީ މެންކް

 

ތިބާއަކީ ކޮންމެ ވެސް ކަމަކަށް ކުރިމަތިލައިގެން އުޅޭ މީހަކަށްވެދާނެއެވެ. މާލީ ގޮތުން ކަމަކަށް ބޭނުންވެގެން އުޅޭ މީހަކަށް ވެދާނެއެވެ. ވަޒީފާއަކަށް ނުވަތަ އެ ނޫން ކަމަކަށް ކުރިމަތިލައިގެން އުޅޭ މީހަކަށް ވެސް ވެދާނެއެވެ. އަދި ހަޔާތުގެ ބައިވެރިއަކަށް ވަކި ކުއްޖަކު ހޯދަން ބޭނުންވެގެން އުޅޭ މީހަކަށް ވެސް ވެދާނެއެވެ.

 

ތިމާ ކުރިމަތިލައިގެން އުޅޭ ކަންކަން ޙާޞިލު ނުވުމުން ގިނަ ފަހަރެއް ފޫހިވެ ރުޅި އާދެވެއެވެ. އެކަމުގެ ސަބަބުން ލިބޭ މާޔޫސްކަން ބޮޑުވެ ހިނިތުންވެލަންވެސް އުނދަގޫވެއެވެ. އެފަދަ ވަގުތަކު "ޝުކުރިއްޔާ" ބުނެލުން އޮންނަނީ ވަރަށް ދަތި ކަމަކަށް ވެފައެވެ.

 

މިއީ އެކަން އޮންނަންވީ ގޮތެއް ނޫނެވެ. ތިމާ ކުރިމަތިލައިގެން އުޅޭ ކަމެއް ޙާޞިލު ނުވެއްޖެ ނަމަ އޮންނާނީ ދެ ގޮތެކެވެ. އެއް ގޮތަކީ މާޔޫސް ނުވެ ކުރިމަތިލުން މަތީގައި ދެމިހުރުމެވެ. ޔަޤީން ކުރަންވީ އަދި އެކަމެއް ޙާޞިލުވުމުގެ ވަގުތު ނުޖެހެނީ ކަމެވެ. ﷲ ތަޢާލާ ގެ "ގަޑި" އަދި ނުޖެހެނީ ކަމެވެ. އެކަމަށް އެދި ގިނަގިނައިން ދުޢާ ކުރަމުން ގަދައަޅައި މަސައްކަތުގައި ދެމިހުންނަންވީ ކަމެވެ.

 

ހަޔާތުގެ ބައިވެރިއަކަށް ހޯދަން އުޅުނު ކުއްޖާ ނުލިބިއްޖަނަމަ ޤަބޫލުކުރަންވީ އެ ކުއްޖާ ނުލިބުނީ އެކުއްޖާއަށްވުރެ މާރަނގަޅު، މާފުރިހަމަ ކުއްޖަކު ﷲ ތަޢާލާގެ ވާގިފުޅާއިއެކު ލިބޭނެ ކަމެވެ. އެ ކުއްޖާ ނުލިބުނީ އެ ކުއަޖާއަށްވުރެ  ހުރިހާ ގޮތަކުން މާ ރަނގަޅު ބައިވެރިއަކު ދެއްވަވަން ﷲ ތަޢާލާ ނިންމަވާފައިވާތީ ކަމަށެވެ.

 

މި ކަންކަމަކީވެސް ހަމަ އީމާންތެރިކަމުގެ ތެރެއިން ހިމެނޭ ކަންކަމެވެ. ﷲ ތަޢާލާ ކުރިމަތިކުރައްވަވާ އިމްތިޙާން ތަކެވެ. ސަލާމަތްކަމާއި ކާމިޔާބު ލިބޭނީ އެކަން ޔަޤީންކުރާ މީހުންނަށެވެ.

 

މިއީ މުފްތީ މެންކުގެ ނަޞޭޙަތުގެ ބަސްކޮޅެކެވެ.  

 

 

 

 

މިއަދު އޮންލައިން