ކޮންމެ ރެއަކު މުލްކް ސޫރަތް ކިޔެވުމަކީ ކައްވަޅުގެ އަޒާބުން ސަލާމަތްވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 18ސ
ކޮންމެ ރެއަކު މުލްކް ސޫރަތް ކިޔެވުމަކީ ކައްވަޅުގެ އަޒާބުން ސަލާމަތްވާނެ ކަމެއް!

1. ކޮންމެ ރެއަކު މުލްކް ސޫރަތް ކިޔަވާނަމަ ކައްވަޅުގެ އަޒާބު ނުލިބޭނެތޯ؟ 2. އިރުއޮއްސުމުން ކިޔެވި ނަމަވެސް އެއީ ރޭގަނޑު ކިޔެވުންތޯ؟ ނޫނީ ޢިޝާ ނަމާދުގެ ފަހުންތޯ ކިޔަވަން ޖެހޭނީ؟ 3. މިހާރު 40 އަހަރުވެފައިވާ މީހަކު މީގެ ކުރިން ނުކިޔަވާ ނަމަވެސް މިހާރު އެގޮތަށް ކޮންމެ ރެއަކު ކިޔަވަން ފެށި ނަމަވެސް ކައްވަޅުގެ އަޒާބުން ސަލާމަތްވާނެތޯ؟ އަދި ފާއިތުވި ދުވަސްތަކާއިމެދު އަމަލުކުރާނީ ކިހިނެއްތޯ؟

 

މި ސުވާލުތަކުގެ ޖަވާބުގައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވީ 1. ކޮންމެ ރެއަކު މުލްކް ސޫރަތް ކިޔަވާނަމަ ކައްވަޅުގެ އަޒާބު ނުލިބޭނެ ކަމަށެވެ. 2. އިރުއޮއްސުމަށްފަހު ކޮންމެ ވަގުތަކު ކިޔެވި ނަމަވެސް ރަނގަޅުވާނެ ކަމަށެވެ. 3. މިހާރު 40 އަހަރުވެފައިވާ މީހަކު މީގެ ކުރިން ނުކިޔަވާ ނަމަވެސް މިހާރު އެގޮތަށް ކޮންމެ ރެއަކު ކިޔަވަން ފެށި ނަމަވެސް އުންމީދަކީ ކާމިޔާބުވުން ކަމަށެވެ. އިން ޝާ ﷲ!"

 

މުލްކް ސޫރަތަކީ 30 އާޔަތް އޮންނަ ކުރު ސޫރަތެކެވެ. އާދައިގެ ވަރަކަށް ލަސްލަހުން ކިޔެވި ނަމަވެސް 5 މިނިޓް އިރުން ކިޔެވޭނެއެވެ. ޢާންމުކޮށް ކިޔަވާ މީހަކަށް 3 މިނިޓް އިރުން ކިޔެވޭނެއެވެ. އެހެންކަމުން ކައްވަޅުގެ އަޒާބުން ސަލާމަތް ވުމަށް އެދޭ މީހާއަށް މިއީ ވަރަށް ފަސޭހައިން ކުރެވެން އޮތް ކަމެކެވެ.

 

3 ވަނަ ސުވާލަށް ބަލާއިރު އުމުރުން ދުވަސްވުމުން ނުވަތަ 40 އަހަރުވުމުން ކިޔަވަން ފަށަން މަޑުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. މަރުވާނީ ކޮން އިރަކުކަން، ކޮން އުމުރަކުކަން ނުއެނގޭތީއެވެ. ޝައިޚުގެ ޖަވާބުން އެނގެނީ ޅައިރު ނުވަތަ ކުރިން ނުކިޔެވި އޮތުމަކީ އެކަން ވިސްނުމުން ނުކިޔަވައި ހުންނަންވީ ސަބަބެއް ނޫން ކަމެވެ. އުމުރުން ދުވަސްވެފައިވީ ނަމަވެސް އުންމީދާއިއެކު ކިޔަވަން ފަށަންވީކަމެވެ.

މިއަދު އޮންލައިން