ބޮޑެތި ހަނދު އިރުއްވަވައި މުޢްޖިޒާތެއްގެ ގޮތުގައި ދެއްކެވުން: ޤްރްއާނުން ސާބިތު ބިރުވެރި އިންޒާރެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބޮޑެތި ހަނދު އިރުއްވަވައި މުޢްޖިޒާތެއްގެ ގޮތުގައި ދެއްކެވުން: ޤްރްއާނުން ސާބިތު ބިރުވެރި އިންޒާރެއް!

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ﷲ ތަޢާލާ ދެއްވެވި އެއް މުޢްޖިޒާތަކީ ހަނދު ދެފަޅިއަށް އިރުއްވެވުމެވެ. އެފަދަ ބޮޑު މުޢްޖިޒާތެއް ދެއްކްވުމުން ފުރަތަމަ ބުނީ ތިއައީ މިތާތިބި މީހުންނަށް ދެއްކެވި ޖާދޫއެއް ކަމަށާއި ޖާދޫއެއް ނޫން ކަމަށް ޤަބޫލުކުރެވޭނީ ދުރުން އަންނަ މީހުންނަށް ތިއަ މަންޒަރު ފެނިފައިވާ ނަމަ ކަމަށެވެ. ދުރުން އައި މީހުންނަށްވެސް އެކަން ފެނުނު ކަމުގެ ވާހަކަ ބުނުމުން ބުނީ "ކަލޭގެފާނުގެ ސިހުރަކީ ދިގުދެމިގެންދާ ނުވަތަ ދުރަށްވެސް ފެނިގެންދާ ސިހުރެއް" ކަމަށެވެ.

މިކަންކަމަށް ޝައްކުކުރާ ނުވަތަ އިތުރަށް ޔަޤީންކުރަން ބޭނުންވާ މީހުން މިއަދު ދިވެހިންގެ ތެރޭގައިވެސް އެބަތިއްބެވެ. އެފަދަ މީހަކު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ގެ އަރިއަހުން އެދިފައިވަނީ އެކަން ބަޔާންކޮށްދޭ ޞައްޙަ ޙަދީޘެއް ބަޔާންކޮށް ދެއްވުމަށެވެ. އަދި "އެއީ ތެދު ވާހަކައެއްތޯ؟" ވެސް ވަނީ ސުވާލުކޮށްފައެވެ.

އޭނާއަށް ޖަވާބު ދެއްވައި ޑރ. އިޔާޟް ވިދާޅުވެފައި ވަނީ އެއީ ތެދެއް ކަމަށާއި އެކަން އަލްޤަމަރު ސޫރަތުގެ 1 ވަނަ އާޔަތުން ހާމަވާ ކަމަށެވެ.

އަލްޤަމަރު ސޫރަތުން: 1. ޤިޔާމަތް ވުމުގެ ވަގުތު ކައިރިވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. 2. އަދި އެއުރެންނަށް ހެތްކެއް ފެންނަނީނަމަ އެއުރެން ފުރަގަސްދެއެވެ. އަދި ބުނެއެވެ. މިއީ ދެމިހުންނަނިވި ޖާދޫއެވެ. 3. އަދި އެއުރެން (ޙައްޤު ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން ތަބަޢަވޫއެވެ. ކޮންމެ ކަމަކީ ނިމުމަކަށް ގޮސް ހަމަޖެހޭނެ ކަމެކެވެ.

ސޫރަތުގެ ފުރަތަމަ އާޔަތަށް ބަލައިފިނަމަ ޤިޔާމަތް ވުމުގެ ވަގުތު ކައިރިވެއްޖެކަމާއި އަދި ހަނދު އިރުއްވަވައި މީސްތަކުންނަށް ދެއްކެވީ ޤިޔާމަތް ކައިރިވެއްޖެ ކަމުގެ ޢަލާމާތެއްގެ ގޮތުންކަން އެނގިގެންދެއެވެ.

3 ވަނަ ޢާޔަތަށް ބަލައިފިނަމަ ﷲ ތަޢާލާގެ ޙައްޤު ބަސްފުޅުތަކާއި މުޢްޖިޒާތްތައް ކާފިރުން ދޮގުކުރާނެ ކަމާއި އަދި "އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން ތަބަޢަވެ" ހަވާނަފުސަށް ގެއްލިފައި ތިއްބައި ހުރިހައި ކަމެއް ނިމި، ގެއްލި ހަލާކުގެ ތެރެއަށް އެމީހުންގެ ކަންކަން ނިމިގެންދާނެކަން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. "ކޮންމެ ކަމަކީ ނިމުމަކަށް ގޮސް ހަމަޖެހޭނެ ކަމެއް" ކަމަށް ބަޔާން ކުރައްވާފައި އޮތުމުންނެވެ

މިއަދު އޮންލައިން