ކީރިތި ޤްރްއާނުގަ އަތްލައި އިޝްތިހާރުކުރުމަކުން ނުފުދެއެވެ! އެކަން ކުރުމަށްފަހު އެފޮތާއި ޚިލާފްވުމަކީ ހާދަ ނުބައިކަން ބޮޑު ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކީރިތި ޤްރްއާނުގަ އަތްލައި އިޝްތިހާރުކުރުމަކުން ނުފުދެއެވެ! އެކަން ކުރުމަށްފަހު އެފޮތާއި ޚިލާފްވުމަކީ ހާދަ ނުބައިކަން ބޮޑު ކަމެކެވެ!

ކީރިތި ޤްރްއާނަކީ ﷲގެ ކަލާމްފުޅެވެ. މުސްލިމުންގެ ދުސްތޫރެވެ. ކީރިތި ޤްރްއާނުގައި އަތްލައި ހުވާ ކުރުމާއި ބަސް ބުނުމަކީ ހާދަ ބިރުހުރި ކަންކަމެވެ.

ކީރިތި ޤްރްއާނުގައި އަތްލައި އިޝްތިހާރުކުރުމަކުން ނުފުދެއެވެ! އެކަން ކުރުމަށްފަހު ޚިލާފްވުމަކީ ހާދަ ނުބައިކަން ބޮޑު ކަމެކެވެ! ބައެއް ޢިލްމުވެރިން ވިދާޅުވަނީ އިސްލާމް ދީނުގެ މައުލޫމާތު ނެތް މީހަކު ފާފައެއް ކުރުމާއި މުސްލިމަކު ފާފައެއް ކުރުމާއި ތަފާތު ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތައް އެނގިހުރެމެ އެއްވެސް ބިރެއްނެތި ޚިލާފުވަމުން ދިއުމެވެ.

އެޗްޑީސީ އާއި އިސްލާމިކް މިނިސްޓްރީގައި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ މައްސަލަތައް ވަރަށް ގިނައެވެ. ރައްޔިތުން ކުރާ ތުހުމަތުތައް އިންތިހާއަށް ހުރިއިރު ނުކުމެފައިވާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ކަންބޮޑުވުން އިތުރުވެއެވެ.

އިސްލާމިކް މިނިސްޓާރާއި އެޗްޑީސީގެ ކަންކަން ހިންގަވާ ބުންޔާމީން އާއި މި ދެބޭފުޅުން "މުޞްޙަފެއް" ހިއްޕަވައިގެން ތިއްބަވާތަން ފެންނަ މިފޮޓޯއިން ވަރަށް ގިނަ ވާހަކަތައް ބުނެދެއެވެ. އޮތީ އޮޑިޓް ރިޕޯޓްތަކަސް އިންތިޒާރު ކުރުމެވެ.

މިއަދު އޮންލައިން