މަޞީޙްގެ އަނިޔާވެރިކަމާ ޤާނޫނުތަކަށް އަރައިގަތް މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށް ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މަޞީޙްގެ އަނިޔާވެރިކަމާ ޤާނޫނުތަކަށް އަރައިގަތް މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް ފުލުހުންނަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ މަޞީޙް، މަޖިލީހުގެ ރައީސްކަމުގައި ހުންނަވައިގެން ކުރައްވާފައިވާ އަނިޔާވެރި އަމަލުތަކާއި ހިންގަވާފައިވާ ޤާނޫނީ ޖަރީމާތަކާއި ޤާނޫނު އަސާސީ އާއި ޤާނޫނުތަކާއި ޚިލާފަށް ކުރައްވާފައިވާ އެންމެހައި ކަންކަން ބަލައި ފިޔަވަޅުއަޅައިދިނުން އެދި ފުލުހުންނަށް ހުށަހަޅައިފިއެވެ.

 

މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް މަޞީޙް ކަނޑައެޅުއްވި 12 މެންބަރުން އިސްވެ ތިބެ ފުލުހުންނަށް މިއަދު ހުށަހަޅާފައިވަނީ ޤާނޫނާއި ޚިލާފަށް މަޞީޙް ކުރައްވާފައިވާ އެންމެހައި ކަންކަން ބަލައި އެކަންކަމުގެ ރިޕޯޓެއް ޢާންމުކޮށް ދިނުމަށާއި އަދި ދައުވާ ކުރަންޖެހޭ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައި ދިނުމަށެވެ.

 

މައްސަލަ ފުލުހުންނަށް ހުށަހެޅުމަށްފަހު 12 މެންބަރުންގެ ފަރާތުން ބުނެފައިވަނީ މަޖިލީހުގެ ތަޅުމުގައި މެންބަރުން ތިއްބައި ސަލާމަތީ ބާރުތައް ލައްވައި ބޭރުކުރުވުމާއި މަޖިލީހުގެ އިދާރާއަށް ވަނަނުދީ ހުރަސް އެޅުވުމާއި މެންބަރުންގެ ގައަށް ސަލާމަތީ ބާރުތަކުގެ މީހުން ލައްވައި އަތްލުވުން ފަދަ ކަންތައްތަކަކީ ހަމަ ސީދާ މަޞީޙްގެ އޯޑަރަށް ކުރުވާފައިވާ ކަންކަން ކަމަށެވެ. އަދި މީގެ އިތުރުން ޤާނޫނު އަސާސީ އާއި ޚިލާފަށް ޤާނޫނުތަކަށް ބަދަލު ގެނައުން ފަދަ ކަންކަމަކީ ވެސް ބަލަން ޖެހޭނެ ކަންކަން ކަމަށެވެ.

 

މަޞީޙްގެ މައްޗަށް ތުހުމަތު ކުރެވޭ މިފަދަ އެތައް ބައިވަރު މައްސަލަތަކެއް ހުރުމާއިއެކު ރާއްޖެއިން ފިއްލެވުމުގެ ފުރުޞަތު މަޞީޙަށް ވެސް ދީގެން ނުވާނެ ކަމަށްވެސް މެންބަރުން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން