"އިލްމްވެރިންގެ މަހަކީ ވިހައެއްޗެއް" ކަމަށް އިބްން އަސާކިރް ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
"އިލްމްވެރިންގެ މަހަކީ ވިހައެއްޗެއް" ކަމަށް އިބްން އަސާކިރް ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބާ؟

"އެއްވެސް މީހަކު ނެތް ތަނުގައި އެމީހާ ނުރުހޭ ފަދަ ވާހަކައެއް ދެއްކުމަކީ މަރުވެފައި އޮތް މައްޔިތެއްގެ މަސް ކެއުން ފަދަ ކަމެކެވެ. މުޖުތަމައުގައި ހިނގާ ނުރަނަޅު ކަންތައްތައް ރަނގަޅުކުރުމުގެ ޒިންމާ އެންމެ ބޮޑަށް އުފުލަން ޖެހޭ ބައަކީ ޢިލްމުވެރިންނެވެ.

 

އެހެންކަމުން އެމީހުން ދެކެ ނުރުހޭ، ރުޅިއަރާ މީހުން ވަރަށް، ވަރަށް ގިނަވާނެއެވެ. އަދި އެމީހުނަނާއި ދިމާއަށް ގޮވާ ހަޑި އެއްޗެއްސާއި، އަޅުވާ އިލްޒާމްތައްވެސް ގިނަވާނެއެވެ. ނަމަވެސް އެކަން ކުރާމީހަކު އެކުރެވޭ ކަމަކީ ކިހައިވަރެއްގެ ކަމެއްކަން ބަލައިފިނަމަ އެކުރެވޭ ކަމަކީ ވިހަވެފައި ހުރި މަސްތަކެއް ކެއުންކަން އިބްން އަސާކިރް ގެ ބަސްފުޅުގައި ބުނެދެއްވާފައި ވެއެވެ."

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން