އިބިލީހުގެ ލޮލަށްވުރެ އިންސާނުންގެ ތެރޭގައި ހިމެނޭ ޝައިޠާނުންގެ ލޯތަކުގެ ނުރައްކާ މާބޮޑު- ސަމާލުވެ ބިރުވެތިވޭ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އިބިލީހުގެ ލޮލަށްވުރެ އިންސާނުންގެ ތެރޭގައި ހިމެނޭ ޝައިޠާނުންގެ ލޯތަކުގެ ނުރައްކާ މާބޮޑު- ސަމާލުވެ ބިރުވެތިވޭ!: މުފްތީ މެންކް

އިބިލީހުގެ ލޮލަށްވުރެ އިންސާނުންގެ ތެރޭގައި ހިމެނޭ "ޝައިޠާނުން"ގެ ލޯތަކުގެ ނުރައްކާ މާބޮޑެވެ. ސަމާލުވެ ބިރުވެތިވާށެވެ! ޝައިޠާނާ މީސްތަކުންނަށް ކަޅި އަޅާފަދައިން މީސްތަކުން މަގު ފުރައްދައި ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރުވަން ބޭނުންވެގެން ތިބާއަށް ކަޅި އަޅާ އިންސާނުން ވަރަށް ގިނަވާނެއެވެ. އެއީ ހަމަ އިންސާނުންގެ ތެރޭގައި ތިބޭ "ޝައިޠާނުން" ނުވަތަ ޝައިޠާނާގެ އެޖެންޓުނެވެ.

 

ތަންކޮޅެއް ސިފަ ރީތި އަންހެން ކުދިންނަށް މުޞީބާތް ކުރިމަތިވުން ގިނަވާނެއެވެ. ކެއުންތަކަށާއި ކޮފީތަކަށާއި މަޖާކުރުންތަކަށް ދައުވަތު ދީފިނަމަ އަވަހަށް އަޢޫޛް ކިޔައި 10 ފަހަރު ވިސްނައިލާށެވެ. މާލީ ގޮތުން ފުދުންތެރިކަން ކުޑަ އަންހެން ކުދިން މިކަމަށް އިތުރަށް ސަމާލުކަން ދޭންޖެހޭއެވެ. ގާތްކަމަށް ހެދިގެން އުޅޭ މީހާއަކީ ޙަޤީޤީ މިތުރެއް ނަމަ ތިބާ ގޮވައިގެން ރެސްޓޯރަންޓަކަށް ގޮސް ކެއުމަށް ސަތޭކަ، ދުއިސައްތަ ޑޮލަރު ޚަރަދުކުރަންވީ ކީއްކުރަންހެއްޔެވެ؟

އެ ފައިސާ ތިބާއަށް ޞަދަޤާތްކޮށްފިނަމަ ތިބާ އާއި ޢާއިލާގެ މީޙުންނަށް އެތައް ދުވަހަކު އެއިން ކެއުން ހަމަޖެއްސޭނެ ނޫން ހެއްޔެވެ؟ ތިބާ އާއި އެކަހެރިނުވެ ތިބާގެ ޢާއިލާއަށް ޒިޔާރަތްކޮށް ޢާއިލާގެ ކުރިމަތީގައި ޞަދަޤާތް ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟

އަބަދުވެސް ބުނާ ފަދައިން ޝައިޠާނާއަށް ދެވޭނީ ވަސްވާހެވެ. ނަމަވެސް އިންސާނުންގެ ތެރޭގައި ތިބޭ "ޝައިޠާނުން"ނަށް ތިބާގެ ލޮލަށް މަންޒަރުތައް ދެއްކޭނެއެވެ. ތިބާގެ ކަންފަތަށް ސީދާ އަޑު އިއްވޭނެއެވެ. އެކަންކަމުގެ ސަބަބުން ތިބާ މަގު ފުރައްދަން އެތައް ގުނއަކަށް ފަސޭހަވެގެންދާނެއެވެ. ވީމާ މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭށެވެ.

 

އެންމެ ފަހަރަކުވެސް މަޅީގައި ތާށި ވެވިއްޖެ ނަމަ އެއީ ބަނދެވުނީއެވެ. ދަލުގައި ޖެހި އޮޅުނީއެވެ. ނެއްޓެން ވަރަށް އުނދަގޫވާނެއެވެ. ވީމާ އޮތް އެންމެ ރަނގަޅު ގޮތަކީ އެއްވެސް ގޮތަކުން ނުބަނދެވި ސަލާމަތުން ހުރުމެވެ. ﷲ ތަޢާލާ މިންވަރު ކުރައްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ ފަސޭހަ، އިތުރު ގޮތްގޮތުން ކަންކަން ލިބިގަންނަން ނުއުޅޭށެވެ. އެކަންކަމުން ލިބޭނީ އިތުރު ގެއްލުމާއި ހަލާކެވެ. ދުނިޔެއާއި ޢާޚިރަތް ވެސް ގެއްލިގެންދާނީއެވެ.

މިއަދު އޮންލައިން