ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ޖެހޭ: ޝެއިހް އިލްޔާސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ޖެހޭ: ޝެއިހް އިލްޔާސް

ޕާޓީ ބަދަލު ކުރިޔަސް، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވެއްޖެއެވެ.

 

ޝެއިހް އިލްޔާސް ކުރެއްވި ޓުވީޓޭއްގައި ވިދާޅުވީ ޕާޓީ ބަދަލުވި ކަމުގައި ވިޔަސް، ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތުގެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ބެލަން ޖެހޭނެ ކަމަށާޢި އެއްވެސް ބަޔަކަށް އިންސާފުން ރެކިގެން ދެވިގެން ނުވާނެކަމަށެވެ. އަދި ކޮރަޕްޝަނާއި ބޮޑެތި ހިޔާނާތުގެ މައްސަލަތައް އިންސާފުވެރި ގޮތެއްގައި ނުބަލާނަމަ، ރާއްޖެއަށް ދުވަހަކު ވެސް އަމާންކަމާއި ހަމަޖެހުމެއް ނުލިބޭނެ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

 

ޝެއިހް އިލްޔާސް މިހެން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ކޯލިޝަން ސަރުކާރާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. 

މިއަދު އޮންލައިން