އިސްލާމިކް މިނިސްޓްރީން ގައިދުރުކުރުން ދޫކޮށްލުމުންވެސް ބައެއް އިމާމުން ސަމާލުކަމެއް ނުދިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
އިސްލާމިކް މިނިސްޓްރީން ގައިދުރުކުރުން ދޫކޮށްލުމުންވެސް ބައެއް އިމާމުން ސަމާލުކަމެއް ނުދިން!

ނަމާދަށް ސަފު ހެދުމުގަ ގައިދުރުކޮށް ސަފުހަދަން އިސްލާމިކް މިނިސްޓްރީން ނެރުނު އަމުރަށް ބަދަލުގެނެސް އެކަން އިމާމުންނާއި ހިއްޞާ ކުރުމުންވެސް ބައެއް އިމާމުން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދޭކަން ފާހަގަކުރެވިއްޖެއެވެ. 

މިއަދުގެ މެންދުރުނަމާދު ކުރެވުނީ ޢަފީފުއްދީން މިސްކިތުގައެވެ. ނަމާދަށް ފެށީ ސަފުހަދަންވީ ގޮތަށް އެއްވެސް އިރުޝާދެއް ނުދީ ތެދުވިގޮތަށް "ﷲ އަކްބަރު" ކިޔުމާއެކުގައެވެ. އެއްވެސް އިރުޝާދެއް ނުދީ ނަމާދަށް ފެށީ ކީއްވެގެންތޯ ސުވާލުކުރުމުން އިމާމް ބުނީ "އެނޫން ގޮތަކަށް ބުނަން އިސްލާމިކް މިނިސްޓްރީން އަންގާފައި ނެތް" ކަމަށެވެ. "ސަފުހަދަންވީ ގޮތުގެ އެއްވެސް އިރުޝާދެއް ނުދެމެއް ނޫންތޯ؟" ސުވާލުކުރުމުން ބުނީ އިސްލާމިކް މިނިސްޓްރީ އާއި ގުޅުމަށެވެ. 

މީޑިއާ ކޯޑިނޭޓަރު ފޯނަށް ޖަވާބު ނުދެއްވާތީ އިސްލާމިކް މިނިސްޓްރީގެ ބަހެއް ލިބޭނެ ގޮތެއް ނުވިއެވެ. 

ސަފުހެދުމުގައި ގައިދުރުކުރަން ބުނަން އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އެންގިފަދައިން މިހާރު ބުނަންވީ ގޮތް އިމާމުންނަށް އަނގައިދިނުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. 

ބައެއް އިމާމުންގެ ކިބައިން މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމިކް މިނިސްޓްރީން އިއްޔެ ޢާންމު ކުރި ބަޔާން އިމާމުންނާއި ވަނީ ހިއްޞާކޮށްފައެވެ. އިތުރު އިރުޝާދެއް އަދި މިހައިތަނަށް ދީފައެއް ނުވެއެވެ. 

އިސްލާމިކް މިނިސްޓްރީން އިއްޔެ ޢާންމުކުރި ބަޔާނުގައި ބުނެފައިވަނީ ގައިދުރުކަމާ ނުލާ ކުރިއަށް ގެންދިއުން އެންމެ ރަނގަޅު ކަމުގައެވެ. ވީމާ އިތުރު އިރުޝާދަށް އިމާމުން ބޭނުންވާކަން މިވަނީ ފާހަގަކުރެވިފައެވެ. 

ގައިދުރުކޮށް ސަފު ހަދަން ނުބުނި އިމާމުންނަށް އެކިވަރުގެ އިންޒާރުތައްވެސް ދީފައިވާއިރު ޙާލަތު ބަދަލުވުމުން މިހައި ދޯދިޔާގޮތަކަށް އެކަން އޮތުމަކީ ގިނަ ބައަކު ވަރަށް ހިތާމަކުރާ ކަމެއްކަންވެސް ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން