މިއަދު ބޭއްވި ލޯކަލް އިންތިޚާބުގެ ނަތީޖާ މިވަގުތާއި ހަމައަށް ދައްކާގޮތުން އިންތިޚާބުގެ އެންމެ މުހިންމު ގޮނޑި ކަމުގައިވާ މާލެ ސިޓީގެ މޭޔަރުކަމުގެ ގޮނޑި، ކުރީގެ ހައުންސުންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު މިހާރުވަނީ ކަށަވަރުކުރައްވައިފައެވެ.
ދާދި ދެންމެ އާއި ހަމައަށް ލިބިފައިވާ ނަތީޖާތަކަށްބަލާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު މުއިއްޒުއަށް ވަނީ 9،305 ވޯޓު ލިބިވަޑައިގެންފައެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް ޢަބްދުއްސައްތާރަށް ލިބިވަޑައިގެންފައިވަނީ 5،573 ވޯޓެވެ. މިއީ 3732 ވޯޓު ތަފާތު އަދަދެކެވެ.
މިފަދަ ނަތީޖާއަކާއިއެކު ވޯޓުގެ ނަތީޖާ ނިމިއްޖެނަމަ އެކަން ތާރީޚުގެ ތެރެއަށް ވަދެގެންދާނެއެވެ. އެއީ މާލެ ސިޓީގެ ވޯޓަކުން އެމްޑީޕީގެ ކެންޑިޑޭޓް ފޭލްވުމަކީ ފަހުގެ ތާރީޚުގައި ވެފައި ނެތްކަމަކަށްވުމުންނެވެ.