ﷲ އަށްފަހު އެންމެ ބޮޑަށް ޝުކުރުވެރިވަނީ ރައްޔިތުންނަށް ކަމަށާއި އަބަދުވެސް ރައްޔިތުންގެ އަޑުއައްސަވާނެ ކަމަށް މާލެ ސިޓީގެ އިންތިޚާބީ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ. މުޢިއްޒު ވިދާޅުވީ ރައްޔިތުންގެ އަޑު އެއްސެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާނެ ކަމަށާއި ޢާންމުކޮށް ހުރިހާ ރައްޔިތުންނާއި ބައްދަލުކުރެއްވޭނެ އިންތިޒާމެއް ހަމަޖައްސަވަން ވިސްނަވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑު މިއަދުވެސް ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ވީހައި ގިނަ ކަންކަން ކޮށްދޭން މަސައްކަތްކުރާނެކަން. ރައްޔިތުން އެދޭފަދަ ތަނަކަށް މާލެ ސިޓީ ބަދަލުކުރަން މަސައްކަތްކުރާނެކަން. އިރާދަކުރެއްވިއްޔާ އެކަމުގަ ފަހަތަކަށް ނުޖެހޭނަން." ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވެވަޑައިގެންފައިވަނީ ވަޒީރުކަން ފަދަ މަޤާމެއް ލިބިވަޑައިގަތުމުން ބަންގީގެ އަޑު އިވިވަޑައިގެންނެވި މަދުވަޒީރުނެގެތެރެއިން ވަޒީރަކަށްކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ޖަމާއަތުގައި ފަތިސްނަމާދު ކުރައްވާކަންވެސް ފާހަގަކުރެވެއެވެ.