މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އަލްއުސްތާޛު ހާމިދު ރަޝީދު

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 38ސ
މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އަލްއުސްތާޛު ހާމިދު ރަޝީދު

އައްޑޫސިޓީ މަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްކަމަށް އައްޔަނު ކުރުމަށް ޖޭއެސްސީން ނިންމެވި އަލްއުސްތާޛު ހާމިދު ރަޝީދު ފަނޑިޔާރު ކަމުގެ ހުވާ ކުރައްވައިފިއެވެ

ޖޭއެސްސީން ބުނެފައިވަނީ އަލްއުސްތާޛް އަޙްމަދު ރަޝީދު މަޤާމަށް ޢައްޔަނުކުރީ ކުރިމަތިލިފަރާތްތަކުގެ ތެރެއިން މަޤާމަށް ޢައްޔަނުކުރަން އެ ކޮމިޝަނަށް ފެނުމުން ކަމަށެވެ. 

ހާމިދު ރަޝީދު ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ބެޗްލާރ އޮފް ޝަރީއާ އެންޑް ލޯ ވިތު އޮނާރސް ހާސިލު ކުރައްވާފައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި ޕްރޮސިކިއުޓަރެއްގެ މަޤާމުގައި 2 އަހަރާއި 5 މަސް އަދާކުރައްވާފައިވެއެވެ.

https://jsc.gov.mv/ups/2021-06-02-MagistrateCourtAppointment.pdf

 

މިއަދު އޮންލައިން