ހިސާން ބިލް ފާސްވެއްޖެ ނަމަ ޤާނޫނު އަސާސީގެ ދިހަ ވަނަ މާއްދާ އުވައިލާނެކަން ވަރަށް ބޮޑަށް ޔަޤީންކުރެވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހިސާން ބިލް ފާސްވެއްޖެ ނަމަ ޤާނޫނު އަސާސީގެ ދިހަ ވަނަ މާއްދާ އުވައިލާނެކަން ވަރަށް ބޮޑަށް ޔަޤީންކުރެވޭ!

މިހާރު މަޖިލީހަށް ހުށަހަލާފައިވާ މަޝްހޫރު "ހިސާން ހުށަހެޅި ބިލް" އާއިމެދު ދީނީ ޢިލްމުވެރިންގެ ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ނުކޮށް ބިލް އޮތް ގޮތަށް ފާސްކޮށްފިނަމަ ދެން އުވައިލާނީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމުންނަށް ކަމަށް ބަޔާންކުރާ 10 ވަނަ މާއްދާކަމަށް ގިނަ ބައަކު ޔަޤީންކުރެއެވެ. 

"މިހާރުވެސް އެ މާއްދާއަކު މާބޮޑު ބާރެއް ނެތް. އަދުލު އިންޞާފާ ދައުލަތް ހިންގުމުގަ އެންމެ އިސްކޮށް ތިބި އެތައް ބައަކީ ފައުޅުގަ އިސްލާމް ދީނަށް ފުރައްސާރަކޮށް އަދި ކީރިތި ޤުރްއާނާއި ރަސޫލް އަށް ފުރައްސާރަކުރި ނުވަތަ އެކަމުގައި ބައިވެރިވެ އިސްދައުރު އަދާކުރިމީހުން. އެފަދަ މީހުން ރައީސް އޮފީހުގެ އެކި މަސައްކަތްތަކުގަވެސް އިސްކޮށް އެބަތިބި. ސީދާ އެމްޑީއެން ފިކުރުގެ މީހުން އެއީ. އެމްޑީއެންގެ އިސްމަޤާމުތަކުގަ ތިބި މީހުން އެއީ." ބައެއް މީހުން ބުނެފައިވެއެވެ. 

"އެހެންވެ މިހާރު އެގެންދަނީ ދަތަކުން ދަތަކުން ދަތަކުން އުފުރަމުން. ދެން ފެންނާނީ ޤާނޫނު އަސާސީގައި ހުރި އިސްލާމް ދީން ޙިމާޔަތްކުރެވޭ ހުރިހާ މާއްދާތަކުގެ ބާރު ކެނޑިގެންދާތަން. 10 ވަނަ މާއްދާ އުވިގެންދާތަން. އެފަދަ ކަންބޮޑުވުން ހުރި ޤަވާއިދެއް މިހާރުވެސް ވަނީ ގެޒެޓްކޮށްފަ." ކަން ރައްޔިތުންގެ ގިނަ ބައަކު ފާހަގަކުރެއެވެ.

މިއަދު އޮންލައިން