މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށް ކުޑަކުދީންނާއި ޒުވާނުންނާއި މުޅި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ވަރުގަދަ ޤައުމީ ކެމްޕޭނެއް ހިންގުމަށް ރާއްޖޭގެ ކައުންސުލްތަކާއި ސޯޝަލްމީޑިއާ އެކްޓްވިސްޓުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ނޫސްވެރިންނާއި ނޫސްތަކާއި ޗެނަލްތަކުގެ ކިބައިން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެދިވަޑައިގެންފިއެވެ.
"މިސްކިތްތަކަކީ ﷲގެ މަތިން ހަނދުމަކުރުމަކުރުމަށާއި އަޅުކަންކުރުމަށްޓަކައި މި ބިންމަތީގައި ލައްވާފައިވާ ﷲ ގެ ގެކޮޅުތަކެވެ. އެތަންތަނުގެ ޙުރުމަތާއި ޤަދަރު ކޮންމެ މުސްލިމަކު ދަމަހައްޓަންޖެހޭއެވެ.
މިސްކިތްތަކުގައި މާރާމާރީ ހިންގައި މަސްތުވާތަކެތި ބޭނުންކޮށް މުންކަރާތްތަކާއި ނޭދެވޭ ޢަމަލުތައް ހިންގުމަކީ އެއްވެސް މުސްލިމަކުކޮށްގެންވާނެ ކަމެއްނޫނެވެ.
މިސްކިތްތަކުގެ މަތިވެރިކަން ބަޔާންކޮށް ކުޑަކުދީންނާއި ޒުވާނުންނާއި މުޅި މުޖުތަމަޢު ހޭލުންތެރިކުރުމުގެ ވަރުގަދަ ކެމްޕޭނެއް ހިންގުމަށް ރާއްޖޭގެ ކައުންސުލްތަކާއި ސޯޝަލްމީޑިއާ އެކްޓްވިސްޓުންނާއި ޖަމިއްޔާ ޖަމާޢަތްތަކާއި ނޫސްވެރިންނާއި ނޫސްތަކާއި ޗެނަލްތަކުގެ ކިބައިން އެދެމެވެ!"
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު