އިން ޝާ ﷲ އިސްލާމީ ނޫރުން ރާއްޖެ އުޖާލާކޮށްލަދޭނެ ދަންމަރަކަށްވެގެންދާނެ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކަރައްވައިފި އެވެ.
ޑރ. ޝަހީމް އަކީ އިސްލާމް ދީނުގެ ިދާޔަތް ޜާއްޖޭގައި ފަތުރއްވަވަން މަސައްކަތްކުރައްވާ ދީނީ ޢިލްމުވެރިންގެ ތެރެއިން އެންމެ ގިނަ ބައެއްގެ މަޤްބޫލްކަން މިހާރުވެސް ހޯއްދަވައިގެން ހުންނެވި ޢިލްމުވެރިއަކަށްވެވަޑައިގަތުމުން މިއީ އެމަނިކުފާނުގެ ޚިދުމަތުގެ ޗޭނަށް އިތުރުވެގެންދާނެ ރަންބޮޅެއްކަން ފާހަގަކުރެވެއެވެ.
އިފްތިތާޙްގެ ބަސްފުޅަކަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
"ގަދަ ކީރިތި ވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން، އަޅުގަނޑުގެ ރަސްމީ ވެބްސައިޓް އިފުތިތާޙު ކުރަމެވެ. މި ވެބްސައިޓް ޤާއިމު ކުރުމުގެ މައިގަނޑު މަޤުޞަދަކީ ޢިލްމު ފަތުރައި އިސްލާމީ ޙަޟާރަތުގެ އަސާސްތައް ކުރިއަރުވައި އިޞްލާޙީ ފިކުރީ މަސައްކަތް ނަގަހައްޓަައި ދެމެހެއްޓުމެވެ. މި ފަދަ ވެބްސައިޓެއް ޤާއިމުކޮށް، އަޅުގަނޑުގެ، ޢިލްމީ، އިދާރީ، އިޖުތިމާޢީ، ބައިނަލްއަޤުވާމީ ހުރިހާ މަސައްކަތްތަކެއް އެއްތަނަކަށް ޖަމަޢަކުރުމަކީ މީގެ އަހަރުތަކެއް ކުރިން ވެސް އުންމީދުކުރަމުން އައި ކަމެކެވެ.
މި މަސައްކަތް އަޅުގަނޑަށް ފުރިހަމަކޮށްދިނީ އަޅުގަނޑުގެ ވަރަށް ގާތް އަޚެކެވެ. މާތް ﷲ އޭނާއަށް ހެޔޮ ޖަޒާދެއްވާށިއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މިއަދު އިފުތިތާޙު ކުރެވިގެން މިދާ ވެބްސައިޓަށް، ވޭތުވެދިޔަ އަހަރުތަކުގައި އެކި ދާއިރާތަކުން ކުރެވިފައިވާ މަސައްކަތްތައް ޖަމަޢަކުރެވެމުންދާނެއެވެ. ވަކިން ޚާއްޞަކޮށް ޢިލްމީ ދާއިރާގެ މަސައްކަތްތަކަށް އިސްކަންދެވޭނެއެވެ. މިގޮތުން ފޮތްތަކާއި ތަޤުރީރުތަކާއި ދީނީ ލެކްޗަރތަކާއި ޢިލްމީ ލިޔުންތަކާއި ދިރާސާތައް ޕަބްލިޝްކުރެވޭނެއެވެ. އިރާދަކުރެއްވިއްޔާ ކިޔަވާކުދީންނާއި ބާޙިޘުންނަށް ވެސް އެއިން ފައިދާކުރާނެއެވެ."
ޑރ. ޝަހީމް ވަނީ މިއަދުނޫހަށްވެސް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. މިއަދުނޫސް ޓީމްގެ ދުޢާއަކީ ޑރ. ޝަހީމް ފެށްޓެވި މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވަވައި އެކަމުގެ ފައިދާ ދިވެހި އަދި އިސްލާމީ އުންމަތަށްވެސް ކުރުމެވެ. އުންމީދަކީ ދެކެން ބޭނުންވަނީ ޢަރަބި އަދި އިނގިރޭސިބަހުންވެސް ކުރިތައް ފަޅައިހެދި އެއިގެ ހިޔާ މުޅި ދުނިޔެއަށް ފެތުރިގެންދާތަނެވެ. އާމީން