ބަންދުތެރޭގައި އައި.ޖީ.އެމް.އެޗް އިން ޚިދުމަތްދޭ ދުވަސްތަށް ހާމަކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބަންދުތެރޭގައި އައި.ޖީ.އެމް.އެޗް އިން ޚިދުމަތްދޭ ދުވަސްތަށް ހާމަކޮށްފި

1442 ވަނަ އަހަރުގެ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަސް އަދި މިނިވަންދުވަހުގެ ބަންދުތެރޭގައި އައި.ޖީ.އެމް.އެޗް އިން ޚިދުމަތްދޭ ދުވަސްތަށް ހާމަކޮށްފިއެވެ.

އައި.ޖީ.އެމް.އެޗް އިން ބުނެފައިވަނީ 18 ޖުލައި (އާދިއްތަ)، 21 ޖުލައި (ބުދަ)، 24 ޖުލައި (ހޮނިހިރު)، 27 ޖުލައި (އަންގާރަ)، 28 ޖުލައި (ބުދަަ) އަދި 31 ޖުލައި (ބުދަަ) ގައި އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ކުރިޔައްދާނެކަމަށެވެ. 

އައި.ޖީ.އެމް.އެޗް ގްރޫޕް އޮފް ހޮސްޕިޓަލްސް ގެ ސްޕެޝަލިސްޓް އޯ.ޕީ.ޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް (އައި.ޕީ.ޑީ އަދި އިމަރޖެންސީ ޚިދުމަތްތަައް ފިޔަވައި) ބަންދުވާނެ ދުވަސްތަކަކީ 19 ޖުލައި 2021 ވާ ހޯމަ، ވާ ހައްޖު ދުވަސް، 20 ޖުލައި 2021 ވާ އަންގާރަ، އަޟްހާ އީދު ދުވަސް، 22 ޖުލައި 2021 ވާ ބުރާސްފަތި، ދުވަސް، 25 ޖުލައި 2021 ވާ އާދިއްތަ، ދުވަސް، 26 ޖުލައި 2021 ވާ ހޯމަ، (މިނިވަން ދުވަސް)  އަދި 29 ޖުލައި 2021 ވާ ބުރާއްފަތި ދުވަހެވެ.

ކުރިއަށްއޮތް ބަންދުދުވަސްތަކުގައި އޯ.ޕީ.ޑީ އަދި ކްލިނިކަލް ޚިދުމަތްތައް މެދުކެނޑިގެންދިޔަނަމަވެސް، ޓްރޯމާ އެންޑް އިމަޖެންސީގެ ހިދުމަތްތައް މެދުނުކެނޑި 24 ގަޑިއިރު ކުރިއަށްދާނެ ކަމަށް އައި.ޖީ.އެމް.އެޗް އިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން