އެންމެންވެސް މިވާހަކަ ކިޔާށެވެ! ރުޅި އިސްކުރެވި ދުލުން ނުބައި ބަސް ބުނުން ހުއްޓޭނެއެވެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
އެންމެންވެސް މިވާހަކަ ކިޔާށެވެ! ރުޅި އިސްކުރެވި ދުލުން ނުބައި ބަސް ބުނުން ހުއްޓޭނެއެވެ! އިން ޝާ ﷲ

ހޮސްޕިޓަލުން އިމަރޖެންސީކޮށް ކުޑަކުއްޖަކު އޮޕަރޭޝަން ކުރަންޖެހިގެން ޑޮކްޓަރަށް ގުޅިތާ ކުޑައިރުުކޮޅެއްގެ ތެރޭގައި ޑޮކްޓަރު ހުރީ ހޮސްޕިޓަލުގައެވެ. އޮޕަރޭޝަން ތިއޭޓަރަށް ދަނިކޮށް ހުއްޓުވާފައި ކުއްޖާގެ ބައްޕަ ގިނަ މައްސަލަތަކެއް ހުށަހެޅިއެވެ. 

"ޑޮކްޓަރު އައިލެއް ލަސްވުމުންނެވެ. ލަސްވެގެން މަރުވާން ދިމާވީ ޑޮކްޓަރުގެ ދަރިއެއް ނަމަ ކުރާނެ އަސަރެވެ. ޒިންމާދާރުވާން ނުޖެހޭނެތޯއެވެ؟ ދަރިފުޅު މަރުވެއްޖެނަމަ އަލުން ދުނިޔެއަށް ގެނެވޭނެތޯއެވެ؟" 

ޑޮކްޓަރު ހީނލާފައި ބުނީ ހޮސްޕިޓަލުން ގުޅުމުން އޭނާ ހޮސްޕިޓަލަށް އައީ ކުރަންހުރި ވަރަށް މުހިންމު ކަންކަން ނުކޮށް ކަމަށެވެ. ކެތްތެރިވުމަށެވެ. އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

4 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަން ނިންމާލާފައި ނުކުމެ ޑޮކްޓަރު ބުނީ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ދަރިފުޅުގެ ފުރާނަ މާތް ﷲ ގެ ރަޙްމަތްފުޅުން ސަލާމަތްކުރެވިއްޖެ ކަމަށެވެ. އަދި އިތުރު ސުވާލެއް އޮތް ނަމަ ނަރުހުންނާއި ކުރުމަށެވެ. 

އެހެން ބުނެފައި މަޑުނުކޮށް ޑޮކްޓަރު ދިއުމުން ކުއްޖާގެ ބައްޕަގެ ކަންބޮޑުވުމަކަށްވީ އޭނާގެ ސުވާލުތަކަށް ޖަވާބުނުދީ ޑޮކްޓަރު ދިއަކަމެވެ. އެހެންވެ ނަރުހުންނާއި ބައްދަލުވުމުން ފުރަތަމަވެސް ކުރިކަމަކީ ޑޮކްޓަރަށް ނިކަމެތި ބަސްތައް ބުނުމެވެ. 

ޖަވާބުގައި ނަހުން ބުންޏެވެ. "އަހަރެމެން ޑޮކްޓަރަށް ގުޅިއިރު ޑޮކްޓަރު ހުރީ ކުރީ ދުވަހު އެކްސިޑެންޓްވެ މަރުވި ޑޮކްޓަރުގެ ދަރިފުޅުގެ ޖަނާޒާގައެވެ. އެކަން ދޫކޮށްލާފައި އައިސް ޑޮކްޓަރު އެދިއައީ ނުހަނު ބުރަ މަސައްކަތުން މާތް ﷲ ވާގިފުޅާއިއެކު ތިބާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްފައެވެ. އެވަރުންވެސް ތިއަ އެއްޗެތި ގޮވަނީ އެޑޮކްޓަރަށެވެ." 

ކުއްޖާގެ ބައްޕައަށް ކުރި އަސަރުން، ބުނެވުނު ބަސްތަކާއިމެދު ވީދެރައިން ރޯންފެށުނެވެ. 

މީސްތަކުންނޭވެ! ތިމާއަށް ކަންބޮޑުވާންޖެހޭ ޙާލަތެއް ކުރިމަތިވި ނަމަވެސް އަނެކުންނަށް ނުބައި ބަސްތައް ނުބުނާށެވެ. ކަމުގެ ޙަޤީޤަތް އޮޅުންފިލުވައިގެން ވާހަކަދައްކާށެވެ! ނޫންނަމަ ފަހުން ކުރަންޖެހޭނެ ހިތާމަ މާބޮޑުވާނެއެވެ!

މިއަދު އޮންލައިން