ޢީދުގަވެސް ނުބައި ޢަމަލުކުރާ މީހުންގެ ކިބައިން ސަލާމަތްކަމަށް އެދި ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ޢީދުގަވެސް ނުބައި ޢަމަލުކުރާ މީހުންގެ ކިބައިން ސަލާމަތްކަމަށް އެދި ކުރަން އޮތް ދުޢާ-

ޢީދު ދުވަހަކީ ﷲ ތަޢާލާ ހުއްދަކުރެއްވެވި އިންތަކުގެ ތެރެއިން ކުޅިވަރުކުޅުމާއި އުފާފައުޅުކުރުމުގެ ދުވަހެވެ. ޢާއިލާގެ މީހުންނަށާއި ގާތް އެކުވެރިންނަށް ޒިޔާރަތްކޮށް ސަލާމްކޮށް ޙާލުބެލުމުގެ ދުވަހެވެ. އެހީތެރިވުމުގައި ދީލަތިކަން އިތުރުކުރަންވީ ދުވަހެވެ. 

އެހެނަސް ހިތާމައަކީ ކޮންމެ ޢީދަކާއި ގުޅިގެންވެސް އުފާފައުޅުކުރުމާއި ކުޅިވަރުކުޅުމުގެ ނަމުގައި ﷲ ތަޢާލާ އަންގަވާފައިވާ އިންތައް ދޫކޮށްލައި ޝައިޠޯނާގެ ބަހަށް ހެއްލެވޭ ބައަކު އުޅޭކަމެވެ. އެކަންކަން ފެނުމުން ގިނަބައަކަށް އެއީ ހަމަ ރަނގަޅު ކަންކަން ކަމުގައި ޤަބޫލުކުރެވި އެމީހުންނާއި އެއްބައިވެ ބައިވެރިވެވޭ ކަމެވެ. 

ޝައިޠޯނާގެ މަގުން ޢަމަލު އެކުރަނީ އަނިޔާވެރިވީމީހުންނެވެ. އެމީހުން އަނިޔާވެރި އެވަނީ އެމީހުންގެ އަމިއްލަ ނަފްސްތަކަށެވެ. އެހެނީ އެމީހުން ކުރާ ނަބައި ކަންކަން ވަނީ އެމީހުންނަށެވެ. ލިޔުއްވަވާނީ އެމީހުންގެ ފަތުގައެވެ. ޤިޔާމަތް ދުވަހު މީޒާނުގައި ފާފައިގެކޮޅަށް ބުރަވެގެންދާނީ އެމީހުންގެ ފަތެވެ. 

ވީމާ އެފަދަ މީހުންގެ ތެރެއިން ނުލެއްވެވެވުން އެދިގެންނާއި އެފަދަ މީހުންގެ ކިބައިން ސަލާމަތްކުރެއްވެވުން އެދިގެން މިފަދަ ދުޢާތައްކުރަންވާނެއެވެ. ޢީދުގެ އެުފާށވެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަނެވޭނީ އުފާކުރުމުގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވީ މިންވަރަކުންނެވެ. 

رَبَّنَا لَا تَجۡعَلۡنَا مَعَ الۡقَوۡمِ الظّٰلِمِيۡنَ‏ 

މާނައީ: "އަޅަމެންގެވެރި ރަސްކަލާކޮ! އަނިޔާވެރިވީ މީހުންނާއިއެކުގައި އަޅަމެން ނުލައްވަވާނދޭވެ!" (އަލްއައްރާފް: 47) 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން