މިއަދު ދުނިޔޭގަ މިތިބަ މުސްލިމުންނަށްވެސް ސުވަރުގޭގަ ރަސޫލް ޞޢވ, އާއި އެންމެ އަރިއަހުގަ ވެވޭނެ- ހިތްވަރުކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިއަދު ދުނިޔޭގަ މިތިބަ މުސްލިމުންނަށްވެސް ސުވަރުގޭގަ ރަސޫލް ޞޢވ, އާއި އެންމެ އަރިއަހުގަ ވެވޭނެ- ހިތްވަރުކޮށްލާ!

ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ އެއްކަމަކީ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމެވެ. މިއީ ހަމަ ކޮންމެ މުސްލިމަކަށްވެސް ޙާޞިލުކުރެވެން އޮތް ކަމެކެވެ. 

ޙަދީޘްފުޅުގައި އޮތީ ސަޖިދަކުރުން ގިނަކުރުމަށެވެ. 

ވީމާ މިކަމުން އެނގޭކަމަކީ ސުވަރުގޭގައި ރަސޫލް ﷺ އާއި އެންމެ އަރިއަހުގައިވުމުގެ ފުރުޞަތު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައިކަމެވެ. އެހެނީ ސަޖިދަކުރުން ގިނަކުރެވޭނީ ސުންނަތް ނަމާދުތައް ގިނަކޮށްގެންނެވެ. އެއީ އެމީހަކު އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. 

އިތުރު ޙަދީޘްފުޅެއްގައިވަނީ ސުވަރުގޭގައި ކޮންމެ މީހަކުވެސްވާނީ އެމީހަކުދެކެ އެންމެ ލޯބިވާ މީހަކާއިއެކުގައި ކަމެވެ. ރަސޫލް ﷺ ދެކެ ލޯބިވުމަކީ ސުންނަތަށް ޢަމަލުކުރުމެވެ. ސުންނަތަށް ޢަމަލުކުރާ މީހާ ސުންނަތަށް ޢަމަލުކުރުން ގިނަކުރާނެއެވެ. އެއިރުން އޮންނާނީ ސުންނަތް ނަމާދުކުރުން ގިނަކުރެވިފައެވެ. 

އަހަރެމެންނާއި ރަސޫލް ﷺ ބައްދަލުނުވުމަކީ ސުވަރުގޭގައި އެންމެ އަރިއަހުގައި ނުވެވޭނެ ސަބަބެއް ނޫނެވެ. އެއީ ހަމައެކަނި ޞަހާބީންނަށް އޮތް ފުރުޞަތެއް ނޫނެވެ. މިއަދު ދުނިޔޭގައި މިތިބަ މުސްލިމުންނަށާއި އުފަންވާނެ މުސްލިމުންނަށްވެސް ލިބެން އޮތް ފުރުޞަތެކެވެ. ފުރުޞަތު ހޯދުން އޮތީ އެމީހެއްގެ އަތްމަތީގައެވެ. އެމީހާގެ އަމިއްލަ އިޚްތިޔާރުގައެވެ. އެމީހަކު އެކަމަށް އެދިގެން ހިތްވަރުކުރުމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން