ދުނިޔޭގަ ތިބާ ހުއްޓާ ﷲ ތަޢާލާ ތިބާގެ ދޫ ތަޅުލައްވަވާނެކަން ޔަޤީން! ތައްޔާރުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ދުނިޔޭގަ ތިބާ ހުއްޓާ ﷲ ތަޢާލާ ތިބާގެ ދޫ ތަޅުލައްވަވާނެކަން ޔަޤީން! ތައްޔާރުތަ؟

ތިބާ ހުރީ އެއްވެސް ބައްޔެއް ނުޖެހި ގަދަވެ ސަލާމަތުން ނަމަވެސް ﷲ ތަޢާލާ ކޮންމެ އިންސާނެއްގެ ވެސް ދޫ ތަޅުލައްވަވާނެކަން ވަނީ ވަރަށް ސާފުކޮށް ބަޔާން ކުރައްވަވައިފައެވެ. ސުވަރުގެ އެދޭމީހާ އެއިގެ ކުރިން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަންވެސް ވަނީ އަންގަވައިފައެވެ. 

ދޫ ތަޅުލެއްވެވުމުގެ ވަގުތަކީ އެމީހެއްގެ މަރުގެ ވަގުތެވެ. ކިތަންމެ ޞިއްޙަތު ރަނގަޅު މީހުންވެސް މަރުވެއެވެ. މަރުވުމުގެ ވަގުތުގައި މަރުގެ މަލާއިކަތާ ލޮލަށް ފެނެއެވެ. އެހިސާބުން ދޫ ތަޅުލައްވަވަތެވެ. ތައުބާވުމުގެ ފުރުޞަތު ގެއްލިގެންދެއެވެ.  

މަރު ހިއްޕަވަން މަރުގެ މަލާއިކަތާ ވަޑައިގަންނަވާނެއެވެ. މަރުވާ މީހާއަށް އެވަގުތު މަލާއިކަތާ ފެންނާނެއެވެ. މުޅި ކައުނު ފުރުއްވާލައްވަވާފައި ވަނިކޮށެވެ! ހުންނަވާނީ ހުދު ހެދުންކޮޅެއްގައެވެ. އެއީ ދުނިޔޭގައި އިންސާނާ އާއި ބައްދަލުވާނެ އެންމެ ކަންބޮޑުވާންޖެހޭ ވަގުތެވެ! 

އެ ވަގުތުކޮޅަކީ އެމީހަކު ދުނިޔޭގައި އޮތް ނަމަވެސް ނުވަތަ ދުނިޔޭގައި ހުރި ނަމަވެސް އެމީހާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދާ ވަގުތެވެ. ފެންނަ އެއްވެސް ކަމަކާއި ހިނގާ އެއްވެސް ކަމެއްގެ އެއްވެސް ވާހަކައެއް އެހެން މީހަކަށް ބުނެއެއް ނުދެވޭނެއެވެ. ބަޔާނެއް ނުކުރެވޭނެއެވެ. ދޫ ތަޅުލައްވަވާ ކަމަށް މިބުނަނީ އެ ސަބަބަށްޓަކައެވެ.

ﷲ ތަޢާލާ ދޫ ތަޅުލެއްވެވުމުގެ ކުރިން ދޫތަޅުވާށެވެ ބުނެވޭ ބަހުގެ މާނައަކީ މަރުގެ ވަގުތު ޖެހުމުގެ ކުރިން ހެޔޮ ގޮތުގައި ދުލުގެ ބޭނުން ހިފުމެވެ. ކިޔެވުނުހައި ގިނައިން ކީރިތި ޤްރުއާން ކިޔެވުމެވެ. ޛިކްރުތައް ކުރުމެވެ. ނުބައި ބަސްތައް ދުލުން ނުބުނުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން