ޢަމަލުތައް އިޞްލާޙްކޮށް ތައުބާވާން ބޭނުން މީހުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ "ޑޯޒް"-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ޢަމަލުތައް އިޞްލާޙްކޮށް ތައުބާވާން ބޭނުން މީހުންނަށް އެންމެ ބޮޑަށް ފައިދާކުރާނެ "ޑޯޒް"-

ފާފަކުރަން ދެވި ހިފައިފި އެއްވެސް މީހަކަސް ދެވޭ ޑޮކްޓަރީ ފަރުވާއަކުން އޭނާ އިޞްލާޙް ނުކުރެވޭކަން އެއީ ދުނިޔެ ކުރަމުންދާ ތަޖުރިބާއެކެވެ. އެކަމަށް އޮތް ހަމައެކަނި ފަރުވާއަކީ ﷲ ތަޢާލާ ގެ ކޯފާ އާއި ޢަޛާބަށް ބިރުގަތުމެވެ. ނަރަކައިގައި ތިމާ އަނދާނެ ކަމަށް ބިރުގަތުމެވެ. ނަރަކައިން ސަލާމަތް ނުވާނެ ކަމަށް ބިރުގަތުމެވެ. ފާފަކުރުމުން ދުނިޔޭގައި މިލިބޭ ކުޑަކުޑަ އަރާމާއި އުފާކޮޅަކީ ނަރަކައިގެ ޢަޛާބާއި ބަލާއިރު އެއްވެސް އެއްޗެއް ނޫން ކަމަށް ޤަބޫލުކުރެވުމެވެ.

ފާފަކުރުން ހުއްޓައިލެވޭނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި އިޚްތިޔާރާއި ބާރުގެ ބޭނުންކޮށްގެންނެވެ. އެހެން މީހުންނަށް ބުނެދެވޭނީއެވެ. އަމަލުކުރަންވީ ގޮތް ކިޔައިދެވޭނީ އެވެ. ކާމިޔާބުކުރެވޭނީ އެމީހެއްގެ ކިބައިގައި ނިޔަތާއި ޢަޒުމާއި ހިތްވަރު ހުރި ވަރަކުންނެވެ.

މީސްތަކުންނޭވެ! އެއްވެސް ފާފައެއް ކުރެވޭނަމަ ގިނަގިނައިން ނަރައިގެ ވާހަކަތައް އަޑުއަހާށެވެ! ކައްވަޅުގެ ޢަޛާބުގެ ގަދަފަދަ ކަމުގެ ވާހަކަތައް އަޑު އަހާށެވެ! އެއީ ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ބޭނުން މައުޟޫއަކަށް ދީނީ ޢިލްމުވެރިންގެ ދަރުސްތައް އެހެރީ ނުފހަނު ފަސޭހައިން އަޑުއަހައިލެވޭށެވެ! އަޑުއަހައި ހަށިގަނޑު ބިރުގަންނަވައިލާށެވެ. އެވާހަކަތަކުން ސިކުނޑި ފުރައިލާށެވެ. ބައަކު މިޙަޤީޤަތް ބަދަލުކުރަން ކިތަންމެ ވަރަކަށް މަސައްކަތްކުރިނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ފާފަކުރެވުން ހުއްޓާލައި ހެޔޮލަފާ މީހަކަށްވުމަށް ހަށިގަނޑަށްދެވޭނެ އެންމެ ބާރުގަދަ އަދި އެންމެ ކާމިޔާބު ޑޯޒަކީ ﷲ ތަޢާލާގެ ކޯފާއަށް ބިރުވެތިވުމެވެ. މަރުވުމަށްފަހު ކަންކަން ވާނެ ގޮތް އެނގުމެވެ. ނަރަކައިގެ ޢަޛާބުގެ ގަދަފަދަކަން ޤަބޫލުކުރެވުމެވެ.

އެއަށްފަހު ތައުބާވުމުން ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކުގެ ވާހަކަ އަޑުއަހާށެވެ! ދިރިހުރިހައި ހިނދަކު ތައުބާގެ ދޮރު ވަނީ ހުޅުވިގެންކަމާއި ސުވަރުގޭގެ ނިޢްމަތްތަކުގެ ވާހަކަތައް އަޑުއަހާށެވެ! ހުރިހާ ހިތްވަރެއްވެސް ލިބިގެންދާނެއެވެ. ފާފަތަކުން ސަލާމަތްކަން ލިބި ހިތްހަމަޖެހުން ލިބޭނެއެވެ. އިން ޝާ ﷲ!

ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. މިހެންބުނުމުން ގިނަ ބައަކަށް އޮންނަނީ އެކަމުގެ މުހިންމުކަން ނުވެސް ވިސްނިފައެވެ. އެމީހުން ހީކުރަނީ ޝައިޠޯނާ ވަސްވާސް ދިން ނަމަވެސް އަމަލުނުކޮށް ހުރެވިދާނެ ކަމަށެވެ. އަދި އެއިރުން މައްސަލަތައް ޙައްލުކުރެވޭނެ ކަމަށެވެ. އެހެންކަމުން ޝައިޠާނާ ވަސްވާސް ދިނުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ.

ޝައިޠޯނާގެ ވަސްވާސްތަކަކީ ސިކުނޑިއަށް އެންމެ އަސަރުކުރާ އެންމެ ވިހަގަދަ އެންމެ ގެއްލުންހުރި ޑަރަގެވެ. އެ ޑްރަގުގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެއެވެ. ސިކުނޑިއަށާ ހިތަށްވެސް ކުރާނެއެވެ. އެކަމުގެ ހެއްކަކީ ބައެއް މީހުންނަށް ބައެއް ފަހަރު އެމިހާ ދުވަހަކުވެސް ނުކުރަން ޤަޞްދުކޮށްގެން ހުންނަ ފާފަތައް ކުރެވޭ ކަމެވެ. އެހެން އެވަނީ ވަސްވާހުގެ ގޮތުގައި ޝައިޠާނާ ފޮނުވައިލާ ޑްރަގުތަކުގެ ބާރުގަދަކަމުންނެވެ.

މަސްތުވާތަކެތި ބޭނުން ކުރެވެނީވެސް ފާހިޝް އަމަލުތައް ކުރެވެނީވެސް މިޔުޒިކަށް ލޯބިކުރެވެނީވެސް އަދި އެހެން ފާފަތަކަށް އަރައިގަނެވެނީވެސް ޝައިޠާނާ ފޮނުވައިލާ ޑްރަގުގެ ބާރުގަދަކަމުންނެވެ. އެންމެ ބާރުގަދަ ޑްރަގަކީ ޝައިޠާނާގެ ޑްރަގެވެ. ނަތީޖާއަކަށް ވަނީ ފާފަތައް ކުރަން ދެވިހިފުމެވެ.

--ޢުމަރު ސުލޭމާންގެ ދަރުސަކުން

މިއަދު އޮންލައިން