ނަމާދުގަކުރާ އެންމެ ޢަމަލަކުން ތިބާގެ ނަމާދު ފުރިހަމަވެ ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެ ޢަމަލު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ނަމާދުގަކުރާ އެންމެ ޢަމަލަކުން ތިބާގެ ނަމާދު ފުރިހަމަވެ ތިބާގެ ދަރަޖަ މަތިވެރިކުރައްވަވާނެ ޢަމަލު-

އަހަރެމެންނަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުރިހަމަ ގޮތުގައި ނަމާދު ނުކުރެވުން ކަމުގައިވާއިއރު ނަމާދު ފުރިހަމަ ކުރަން މަސައްކަތްކުރާ މީހާއަށް ހަމަ އެންމެ ޢަމަލަކުން އެކަން ކުރެވެން އެބައޮތެވެ. އިން ޝާ ﷲ 

އެއީ ﷲ އަކްބަރު ގެ މާނަ ހިތުގައި ބާއްވައިގެން ނަމާދުކުރުމެވެ. އެންމެ މަތިވެރިފަރާތަކީ ﷲ ތަޢާލާ ކަމާއި އެންމެހައި މަތިވެރިކަން ލިބިވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމަށް ދުލުން ކިޔަމުއެވެ. މައްސަލައަކީ ހިތުން އެކަން ޤަބޫލު ނުކުރެވޭކަމެވެ. ހިތުން އެކަން ޤަބޫލުކުރެވޭނަމަ ނަމާދުގައި ޚުޝޫޢަތްތެރިވާން މަސައްކަތްކުރެވޭނެއެވެ. 

ނަމާދުގައި ހުންއިރު ނަމާދުން ބޭރު އެހެން ކަމަކަށް ނުވިސްނާނެއެވެ. އަވަސްއަރުވާލައިގެން ނަމާދުކުރާނެއެވެ. މިހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައިކަމާއި ތިމާއަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ޤަބޫލުކުރެވި އެންމެ ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާނެއެވެ. 

އެންމެ މުހިންމު އެއްކަމަކީ އެމީހަކަށް ކުރެވުނުހައި ފުރިހަމައަށް ނަމާދުކުރަން ޢަޒުމް ކަނޑައަޅައިގެން ނަމާދުކުރުމެވެ. ތިބާގެ ނިޔަތާއި ޢަޒުމް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ވީމާ ހަމައެކަނި ވީހައި ފުރިހައަށް ނަމާދުކުރަން ނިޔަތް ގަތުމަކުން ނުފުދޭނެއެވެ. އެކަމަށް މަސައްކަތްވެސް ކުރަންވާނެއެވެ. ﷲއަކްބަރު ގެ މާނަ ހިތަށް ގެނެވުނުކަމަށްވާނީ އެއިރުންނެވެ. 

ފުރިހަމަ ގޮތުގައި ނަމާދުކުރަން މަސައްކަތްކުރާ މީހާގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ. އުފުއްލަވާނެތެވެ! ވީމާ މިބުނި މަގުން ނަމާދުކުރަން މަސައްކަތްކުރާ މީހާއަށް ދެނިޔޭގައިވެސް ކާމިޔާބީ މިންވަރުކުރައްވަވާެތެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން