ފުރަތަމަ މަރުގެ އަދަބު ތަންފީޒުކުރަންވީ ސިހުރުވެރިންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ފުރަތަމަ މަރުގެ އަދަބު ތަންފީޒުކުރަންވީ ސިހުރުވެރިންނަށް!

ސިހުރު ހެދުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ. އެހެނީ ސިހުރު ހެދުމުން އަނިޔާ ލިބޭ މީހާއަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވަނީ ސަބަބު ނުއެނގިހުރެއެވެ. ލެބޯޓްތަރީ ޓޭސްޓްތަކަކުން އަދި ކުރެވޭ އެހެން ތަޙްލީލްތަކަކުންވެސް އެއްވެސް ބައްޔެއް ނުފެނެއެވެ. މީހާ ދަނީ ހަލާކުވެގެންނެވެ.

ދެމަފިރިންގެ ދެމެދު ހަލާކުވެ ޢާއިލާތައް ރޫޅި ދަރިން ނިކަމެތިވަނީއެވެ. ދިރިއުޅެން ކުރާ މަސައްކަތްހުއްޓި މީހުން ބަނގުރޫޓުވަމުންދަނީ އެމަސައްކަތްކުރިއަރުވަން ކުރަންޖެހޭ މަސައްކަތްކުރަމުން ދަނިކޮށެވެ.

ސިހުރުވެރިޔާ މެރުން ވާޖިބުވާ ކަމަށް ސަލަފުން އެއްބަސްވެވަޑައިގަންނަވައެވެ.

ސިހުރުވެރިޔާއަކީ އިންސާނުންތެރޭގައި ޝައިޠާނެކެވެ.

ހުކުރު ޚުޠުބާތަކުގައި މިފަދަ ވަރުގަދަ އިންޒާރުތައް ދެމުން ގެންދިއަ ނަމަވެސް ރާއްޖެއަކީވެސް ސިހުރު ހެދުން ގިނަ ޤައުމެކެވެ. ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކާއި ތަކެއްޗާއިއެކު ގިނަ ބައަކު ވަނީ ހައްޔަރުކުރެވިފައެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ދިނީ ކޮން އަދަބެއްކަން އެނގެން ނެތުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. ސަރުކާރުން މިކަމަށް ހޭލުންތެރިވާން އަދިވެސް ނުވަނީތޯއެވެ؟

މިއަދު އޮންލައިން