ދުނިޔެއާ ކައްވަޅާ އާޚިރަތުގަ އަލިކަމަށް އެދި ގިނަގިނައިން ކުރަން އޮތް ދުޢާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދުނިޔެއާ ކައްވަޅާ އާޚިރަތުގަ އަލިކަމަށް އެދި ގިނަގިނައިން ކުރަން އޮތް ދުޢާ-

ދުނިޔެއާއި އާޚިރަތުގައި އަލިކަމަށް އެދި އަދި ފާފަތައް ފުއްސަވައިދެއްވެވުން އެދި މިފަދަ ދުޢާތައް ކުރުން ގިނަކުރާށެވެ!

ދުނިޔޭގައި އަލިކަމަށް އެދުމަކީ ދުނިޔޭގެ ޙަޔާތް ބާއްޖަވެރިކޮށްދެއްވެވުމަށް އެދުމެވެ. އަހަރެމެންނަށް ބޭނުންވަނީ ހަމައެކަނި ދުނިޔޭގެ އަލިކަމެއް ނޫނެވެ. ކައްވަޅުގައިވެސް އަލިކަން ބޭނުންވެއެވެ. އަދި އާޚިރަތް ދުވަހުގައިވެސް އަލިކަން ބޭނުންވެއެވެ. ގަދައަޅައި މަސައްކަތްކުރަންވީ އަނދިރިކަމުން ފުރިގެންވާ ނަރަކައަށް ނުވަދެވޭތޯއެވެ.

رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ

"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ."

މިދުޢާއަށް ނޫރު ދުޢާ ވެސް ކިޔައެވެ. މިދުޢާ ނަގާފައި އެވަނީ ކީރިތި ޤްރުއާނުގެ އައްތަހްރީމް ސޫރަތުގެ 8 ވަނަ އާޔަތުންނެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތެދުވެރި، އިޚްލާޞްތެރި ތައުބާއަކުން، ތިއަބައިމީހުން ﷲ އަށް ތައުބާ ވާށެވެ! އޭރުން ތިއަބައިމީހުންގެ ވެރިރަސްކަލާނގެ، ތިއަބައިމީހުންގެ ކިބައިން، ތިއަބައިމީހުންގެ ކުށްތައް ފުއްސަވައި، އެތާނގެދަށުން ފެންކޯރުތައް ހިނގަހިނގާހުންނަ ސުވަރުގެތަކަށް ތިއަބައިމީހުން ވައްދަވައިފާނެތެވެ. ނަބިއްޔާއާއި، އެކަލޭގެފާނުގެ އަރިހުގައިވާ އީމާންވިމީހުން، ﷲ ނިކަމެތިނުކުރައްވާނެ ދުވަހުގައެވެ. އެއުރެންގެ ނޫރު، އެއުރެންގެ ކުރިމަތިންނާއި، އެއުރެންގެ ކަނާތްފަރާތުން ހިނގަހިނގާ ހުންނާނެތެވެ.

އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ނޫރު އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (އައްތަޙްރީމް:

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން