ދަތި އުނދަގޫ ވަގުތުގައި ވެސް ﷲ ގެ ރަޙްމަތުން މާޔޫސް ނުވޭ: ޝައިޚް ތައްޔިބު

ކިޔުމަށް ހޭދަވާނީ 2މ 1ސ
ދަތި އުނދަގޫ ވަގުތުގައި ވެސް ﷲ ގެ ރަޙްމަތުން މާޔޫސް ނުވޭ: ޝައިޚް ތައްޔިބު

އައިޝަތް ރަފާޙް

ދަތި އުނދަގޫ ވަގުތުގައި ވެސް ﷲގެ ރަޙްމަތުން މާޔޫސް ނުވާށެވެ! ދުނިޔޭގެ ހަޔާތުގައި އިންސާނާ އާޚިރަތަށް ކުރާ މި ދަތުރުގައި ތަފާތު އެކި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެ އެވެ. އަދި މިދަތިތަކާއި އުނދަގޫތަކުގެ ތެރޭގައި އިންސާނާ އޭނާގެ ޙަޔާތް ވޭތުކުރަމުން ދާހިނދުގައި ބައެއް ޙާލަތްތަކުގައި މުންކަރާތްތަކާއި ފާފަތަކަށް ވެސް އަރައިގަނެވޭނެއެވެ. 

އިންސާނާއަށް ފާފަތަކާއި މުންކަރާތްތަކަށް އަރައިގަނެވޭ ދަނޑިވަޅުގައި ޝައިތާނާ އެކަމުގެ ބޭނުން ހިފާ، ތަފާތު އެކި ވަސްވާސްތައް ލައިދެއެވެ. އަދި އެއިންސާނާއަށް ކުރިމަތިވެފައިވާ ދަތި އުނދަގޫ ވަގުތުގައި އިތުރު ތުރާތަކާއި އިތުރު އުދަގޫތައް ކުރިމަތި ކުރުވައެވެ. އެގޮތުން ދެން ތި ފާފަތަކާއި މުންކަރާތްތަކުން އަރައިގަނެވޭ އެއްވެސް މަގެއް ނެތް ކަމަށް ޝައިތާނާ، އިންސާނާއަށް ވިސްނައިދެއެވެ.

ނަމަވެސް މިފަދަ ޙާލަތްތަކުގައި ﷲ ތަޢާލާ އެއިލާހުގެ ތަނަވަސް ރަޙްމަތް ވާކަމުގެ އުފާވެރި ޚަބަރު އިންސާނުންނަށް ދެއްވަވައެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. 

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ (53زمر)

މާނަ: ކަލޭގެފާނުގެ ވިދާޅުވާށެވެެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފް ކޮށްފައިވާ ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުއްމީދު  ކަނޑާނުލާށެވެ! ހަމަކަށަވަރުން ﷲ އީ  ފާފަތަށް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ 

ރަސްކަލާނގެއެވެ.

- ޝައިޚް މުހައްމަދު ތައްޔިބު

މިއަދު އޮންލައިން