ލޯނު ހޯދައިދޭ އެޖެންޓުން ގިނަވެއްޖެ- ރަނާ ޖަވާހިރުން ދެމިނަމަވެސް ލުއިލޯނު، ގުއިރޯނަށް ނުވާނެ ހަމައެއްވެސް ގޮތެގޮތެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ލޯނު ހޯދައިދޭ އެޖެންޓުން ގިނަވެއްޖެ- ރަނާ ޖަވާހިރުން ދެމިނަމަވެސް ލުއިލޯނު، ގުއިރޯނަށް ނުވާނެ ހަމައެއްވެސް ގޮތެގޮތެއް ނެތް!

ތަންކޮޅެއް ކުރީގައި އުޅުނީ ރިޒޯޓްހަދާނެ ރަށްތައް މީހުންނަށް ހޯދައިދޭ ބައެކެވެ. ބުޗާގޭގައި ހުންނަ ހޮޓަލެއްގެ ސައިމޭޒުދަށުން އެއިރު އެކަން ހަމަޖައްސައެވެ. މިހާރު ނުކުމެ އުޅެނީ ލޯނު ހޯދައިދޭ ބައެކެވެ. ފާއިތުވި 3 އަހަރު ދުވަހުގެ "ޖީއެސްޓީ ރިޓާން ބަޔާން" ކިޔާ ބަޔާން ދޭއިރަށް ބީއެމްއެލުން 3 މިލިއަން ރުފިޔާ ހޯދަދޭކަމަށް ބުނެއެވެ.

އެގޮތަށް ލޯނުހޯދައިދޭ މީހުން ބުނާ ގޮތުން އިސްލާމިކް ބޭންކިންގ ނިޒާމާއި ކޮމާޝަލް ބޭންކިންގ ނިޒާމަކީވެސް އެއް ނިޒާމެކެވެ. އެއް ނިޒާމް ޙަރާމްނަމަ ދެވަނަ ނިޒާމްވެސް ޙަރާމްވާނެއެވެ. އަދި ރާއްޖޭގައި ރިބާގެ ވާހަކަތައް ދައްކަން މިހާރު މާލަސްވެއްޖެއެވެ. މުޅި ޤައުމުގައި ޢާންމުވެފައިމިވަނީ ރިބާއެވެ. އަދި ފަތުރާނީވެސް ރިބާއެވެ.  

ބޭންކުތަކުން ކުރާ އިޝްތިހާރުތަކާއި މިފަދަ އެޖެންޓުން ކޮންމެ ޢިބާރާތަކުން ވާހަކަދެއްކި ނަމަވެސް، އެރޯނުތައް ރަނާ ޖަވާހިރުން ދެމިނަމަވެސް، ލުއިލޯނުގެ ނަމުން ކިތަންމެ ރީތި ނަމެއް ދީ އޮޅުވައިލި ނަމަވެސް އެ ދޫކުރާ "ލުއިލޯނު" ގުއިރޯނަކަށް ނުވާނެ ހަމައެއްވެސް ގޮތެއް ނެތެވެ. ޖެހޭނީ މަހްޝަރު ދުވަހު ނުވެސް ތެދުވެވިގެން ކައްވަޅުން ފެށިގެން ބިންމަތީގައި ފުރޮޅެންކަން ޤުރްއާނުން މިއޮތީ އެނގި ޔަޤީންކުރެވޭށެވެ.  

"ربا ކާމީހުން، ޖިންނި މޮޔަވެގެން، شيطانއާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (قيامة ދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެތެވެ. އެހެނީ، އެއުރެން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ربا ކަހަލަ ކަމެއް ކަމުގައެވެ. (ނަމަވެސް) ވިޔަފާރި ކުރުންވަނީ، الله ހުއްދަ ކުރައްވާފައެވެ. އަދި  ربا ވަނީ حرام ކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރި ރަސްކަލާނގެ  حضرة  ން ދެއްވާ وعظ އާއި نصيحة އެމީހަކާއި ހަމައަށް އައުމުން އެކަން (އެބަހީ: ربا ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުށްޓެވެ. (އެބަހީ: ربا ގެ حكمތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި، އެމީހެއްގެ ކަންތައްއޮތީ، الله އަށް خاص ވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ أهل ވެރިންނެވެ. އެއުރެން އެނަރަކައިގައި އަބަދަށް ދެމިތިބޭހުއްޓެވެ. (سورة البقرة 275)

الله، ربا އުނިކުރައްވައި، އޭގެ بركات ނެތި ކުރައްވައެވެ. އަދި صدقات އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ بركات އިތުރު ކުރައްވައި، آخرة ގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި، ފާފަވެރި ކަމާއި كافر ކަން ބޮޑު އެއްވެސްމީހަކުދެކެ، الله ލޯބިވެ ވޮޑިގެނެއް ނުވެއެވެ. (سورة البقرة 276)

މިއަދު އޮންލައިން