ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން ބަސްފުޅު ވަޙީކުރައްވަވާނެ މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން ބަސްފުޅު ވަޙީކުރައްވަވާނެ މީހުން-

އެހެން ދީންތަކުގެ މީހުން އެމީހުންގެ ކަލާނގެ އެކި ގޮތްގޮތަށް ސިފަކުރެއެވެ. އަދި އެމީހުންގެ ކަލާނގެ ރަމްޒްކޮށް ތަފާތު ޑިޒައިންތަކަށް ތަކެތި ހަދައި އެތަކެއްޗަށް އަޅުކަންވެސް ކުރެއެވެ. ނަމަވެސް މުސްލިމުންނަކީ އެފަދަ އެއްވެސް ކަމެއް ކުރާ ބައެއް ނޫނެވެ. 

މުސްލިމުން ކުރާ ހަމައެކަނި ކަމަކީ ﷲ ތަޢާލާ ވޮޑިގެންވާކަން ޤަބޫލުކުރުމާއި އެކަލާނގެއަށް އެއްވެސް ބައިވެރިއަކު ނުވާކަން ހިތުގެ އަޑިން ޤަބޫލުކޮށް އެކަލާނގެ އަންގަވާފައިވާ އެންގެވުންތަކަށް ކިޔަމަންތެރިވުމެވެ. ކުރުމަށް އަމުރުފުޅު ކުރެއްވެވި ކަންކަން ކުރުމާއި ނުކުރުމަށް އަންގަވާފައިވާ ކަންކަން ނުކުރުމަށެވެ. ﷲ ތަޢާލާގެ ސިފަފޅުތައް ދެނެގަންނަނީ އަސްމާއުލްޙުސްނާއިންނެވެ. 

ﷲ ތަޢާލާ އަންގަވާފައިވާ ގޮތުގައި ދުނިޔޭގައި އުޅުނު މީހުންގެ ހިސާބު ބައްލަވައި މީސްތަކުން ސުވަރުގެ ވައްދަވައި ނިންމެވުމަށްފަހު މީސްތަކުންނާއި ﷲ ތަޢާލާ މުޚާޠަބް ކުރައްވަވާނެއެވެ. އަދި އެމީހުންނަކީ އެމީހުންގެ ލޮލަށް ﷲ ތަޢާލާ ފެނުމަކާއި ނުލައިވެސް ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެ ﷲ ތަޢާލާ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުނު މީހުން ކަމުގައި ވީތީ ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގަންނަވާނެއެވެ. ހިނިތުންވެވޮޑިގަންނަވާނެތެވެ. 

އެކަމުގެ ޖަޒާއެއްގެ ގޮތުން އެމީހަކު ބޭނުންވާހައި ކަމެއް ބޭނުންހައި މިންވަރަކަށް ޙާޞިލުކުރުންމަތީގައި ސުވަރުގޭގައި ދެމިތިބުމަށް ﷲ ތަޢާލާ ވަޙީ ކުރައްވަވާނެތެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެފަދަ މީހަކުކަމުގައިވެވޭތޯއެވެ. ސުވަރުގެ ވައްދަވައި ﷲ ތަޢާލާ ފަޚްރުވެރިވެވޮޑިގެން ބަސްފުޅު ވަޙީކުރައްވަވާ މީހަކު ކަމުގައިވުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން