ކުރާ ނަމާދު ބޭކާރުވުން - ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ކުރާ ނަމާދު ބޭކާރުވުން - ސަމާލުކަން އިތުރުކުރަންޖެހިފައިވާ ކަމެއް!

ނަމާދުކުރަންވީ ގޮތް އަބަދުހެން ކިޔައިދިން ނަމަވެސް އަދިވެސް ގިނަ ބައަކަށް އެންމެ ބޮޑަށް ފަރުވާކުޑަކުރެވޭ އެއްކަމަކީ ނަމާދުކުރާ ސްޕީޑެވެ. އެކަނިހުރެ ކުރާ ނަމާދުތައް ގިނަ ބައަކު ކުރަނީ އެމީހަކަށް ކުރެވުނު އެންމެ އަވަހަކަށެވެ. 

ނަމާދަކީ ނަމާދަކަށް ނަމާދެއް ކުރާ އުޞޫލުން ކުރަން އޮތް ކަމެއް ނޫނެވެ. ރަޚްއަތަކަށް ރަކްޢަތެއް ކުރުމަކުން އެއީ އަދި ނަމާދުކުރުމެއް ނޫނެވެ. ނަމާދު ކުރިކަމަށްވާނީ ރަސޫލް ﷺ ޞަހާބީންނަށް ދަސްފުޅުކޮށްދެއްވެވި ގޮތަށް ނަމާދުކުރުމުންނެވެ. 

ނަމާދުގައި ކިޔާ ޛިކުރުތަކަކީ ﷲ ތަޢާލާ މަތިވެރިކުރުމަށް ކިޔާ ކިޔުންތަކެކެވެ. ދެންހުރީ ދުޢާތަކެވެ. ވީމާ އަވަސްއަރުވާލައިގެން ލިޔުމަކުން ނުފުދޭނެއެވެ. ކޮންމެ މަޤާމެއްގައިވެސް މަޑުކޮށްލައި ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ. 

މިސްކިތުގައި ކުރި ނަމަވެސް ގޭގައި ކުރިނަމަވެސް ނަމާދުކުރާއިރު މިކަންކަމަށް ސަމާލުކަންދޭށެވެ. ކުރާ ނަމާދު ނަމާދަކަށްވާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން