ތިބާ ބޭނުންވާ ހުރިހާ ކަމެއް ޙާޞިލުކުރެވޭނެ ތަޅުދަނޑި- ހަމައެންމެ ތަޅުދަނޑިއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިބާ ބޭނުންވާ ހުރިހާ ކަމެއް ޙާޞިލުކުރެވޭނެ ތަޅުދަނޑި- ހަމައެންމެ ތަޅުދަނޑިއެއް!

ރަސޫލް (ﷺ)ގެ ދެފައިންޕުޅު ދުޅަވެ، ލޭފޮދު ފައިބަމުން ދިއައިއިރުވެސް ރޭ އަޅުކަން ކުރެއްވެވުން މަތީގައި ދެމިހުންނެވީ ހަމަ އެންމެ ބޭނުންފުޅަކުއެވެ. ހުރިހާ ނިޢްމަތްތަކެއްގެ ދޮރު ހުޅުވޭނެ 1 ތަޅުދަނޑި ވާތީ އެވަރަށް ގަދައަޅުއްވަވައި މަސައްކަތްޕުޅު ކުރެއްވެވީ އެ ތަޅުދަނޑި ހޯއްދެވުމަށެވެ. ވީމާ އަހަރެމެންނަސްވެސް އޮތީ ރަސޫލް (ﷺ) އެކަމަށް މަސައްކަތްޕުޅު ކުރެއްވެވިފަދައިން މަސައްކަތްކޮށް އެތަޅުދަނޑި ލިބިގަތުމެވެ.

ރަސޫލް (ﷺ) އަކީ އިސްވެ ދިއަހައި ފާފަތަކާއި އަދި މުސްތަޤްބަލުގައި ކުރެއްވެވިދާނެ ފާފަތައްވެސް ﷲ ތަޢާލާ ފުއްސަވައި ދެއްވަވައިވާ ބޭކަލަކަށްވެވަޑައިގެން ހުންނަވައިމެ އެހައިމެ ބުރަފުޅުކޮށް ރޭ އަޅުކަން ކުރައްވާ ސަބަބު ބަޔާންކޮށްދެއްވަވަމުން ޙަދީޘްފުޅު ކުރައްވަވާފައި އެވަނީ އެ ތަޅުދަނޑީގެ ވާހަކައެވެ. އެ ތަޅުދަނޑިއަކީ ނިޢްމަތަށް ޝުކުރުވެރިވުމެވެ. މިކަން އެނގިގެންދަނީ "ހުރިހާ ފާތަކެއް ފުއްސަވައިދެއްވެވުމުން ތިމަން ރަސޫލާ (ﷺ) އަށް ޝުކުރުވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަންވާނެ"ކަން ބަޔާން ކުރެއްވެވުމުންނެވެ.

މީސްތަކުންނޭވެ! ޝައިޠާނާ އެންމެ ބޮޑަށް މާޔޫސްކޮށްލަން ބޭނުން ނަމަވެސް ނިޢްމަތަށް ޝުކުރުވެރިވުން ގިނަކުރާށެވެ! ނިޢްމަތްތަކަށް ޝުކުރުވެރިވުން ގިނަކުރުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ އެ ސަބަބަށްޓަކައެވެ. ނިޢްމަތަށް ޝުކުރުވެރިވެވަޑައިގަތުމަށް ރަސޫލް (ﷺ) އެހައި ބޮޑަށް ސަމާލުކަން ދެއްވެވީ ވެސް ހަމަ އެ ސަބަބަށްޓަކައެވެ. ވީމާ ޝުކުރުވެރިވުން އިތުރުކުރާށެވެ! އިތުރުކުރިވަރަކަށް ރަޙްމަތް ދާނީ އޮހެމުންނެވެ.! އިން ޝާ ﷲ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން