ސުލައިމާންގެފާނުގެ ސިޔަރަތު‍- 9: ބަލްޤީސް ރަނިންނާ ކައިވެނިބައްލަވައިގަތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 10މ 54ސ
ސުލައިމާންގެފާނުގެ ސިޔަރަތު‍- 9: ބަލްޤީސް ރަނިންނާ ކައިވެނިބައްލަވައިގަތުން

بلقيس ޝަހަރުން ނުކުމެ ވަޑައިގެންނެވުމާއެކު ވައި އަވަސްކަމާއި އެކު  حضر سليمان عليه السلام ގެއަރިހަށް މި فقير ގެންގޮސް ފިއެވެ. އެހެނީ ޝަހުރު ސަބާގެ މަލަކާ بلقيس އަމިއްލަފުޅަށް ކަލޭގެފާނުގެ އަރިހަށް އެބަވަޑައިގަންނަވަ އެވެ. އޭގެ ތަންކޮޅެއް ކުރިން ދެޔޯއިންގެ ތެރެއިން ބަޔަކު سليمانގެ ފާނުގެ އަރިހުގައި އެކަމަނާގެ ބައެއް عيب ތައްވަނީ ދަންނަވާފައެވެ. އެދެޔޯއިން ދެންނެވިއެވެ. އެކަމަނާގެ ފައިންޕުޅުގެ ކުޑަކަޅުވާގައި ވަރަށް ބޯކޮށްއިސްތަށި ފަޅާފައި ހުންނާނެއެވެ. އަދި ވިސްނުންކޮށި މޮޔަ ގޮތެއް ހުންނާނެއެވެ. އެގޮތަކީ އެކަމަނާގެ މަންމައަކީ ޕަރީއެކެވެ. ޕަރީންނަކީ ބުއްދިއާއި ވިސްނުން ހުންނަ ބައެއްނޫނެވެ. މިހެން ދަންނަވާފައި މިދެޔޯއިން سليمان ގެފާނުގެ ފަހަތް ޕުޅަށް ޖެހި ވަރަށް ބިރުން ތިބެއްޖެ އެވެ. އަދި މިދެޔޯއިންގެ ހިތަށް އަރައެވެ. އަހަރެމެން މިދެންނެވި خبر އަކީ ދޮގު خبرއެއް ކަމަށް ވެއްޖެނަމަ يقين ން ވެސް އެކަލޭގެފާނު އަހަރެމެންނަށް ސަޒާ ދެއްވާނެއެވެ. 

سليمان عليه السلام މިކަންތައް ތަޖުރިބާ ކުރެއްވުމަށްޓަކައި بلقيس ވަޑައިގަންނަވާ މަގުގައި (އެކަލޭގެފާނުގެ ދަރުބާރުގެ ކުރިމަތީގައި) ފެންގަނޑެއް ތައްޔާރު ކުރައްވައި އެފެންގަނޑުގެ މަތީގައި ބިއްލޫރީގެ ފާލަމެއް އެޅުއްވި އެވެ. އަދި ރީތި ވައްތަރު ވައްތަރުގެ މަސް ތަކާއި އައްސޭރީގައި ދިރިއުޅޭ ބާވަތް ބާވަތުގެ ދޫނިތައް حكمةން ހައްދަވައި އެފެންގަނޑަށްވަނީ ދޫކުރައްވާފައެވެ. ފެންނަ ފެނުމުގައި ހީވަނީ އެފެންގަނޑުވަނީ ފާލަމުގެ މަތީގައި ހެންނެވެ. 

بلقيسއެ ފާލަމުގެ މައްޗަށް އަރާ ވަޑައިގަންނަވަމުން (އެއީ ފެންގަޑެއް ކަމުގައި ހީފުޅުވެގެން) އެކަމަނާގެ ފޭރަންކޮޅު ފައިންޕުޅުގެ ކުޑަކަޅުވާ އާއި ހަމައިން ކަޝްފު ކުރައްވާނޭ ކަން سليمان ގެފާނަށް އެނގިވަޑައި ގަންނަވައެވެ. އޭރުން އެކަމަނާގެ ފައިންޕުޅުގައި އިސްތަށި ހުރި ކަމަށްވާނަމަ ހުރިކަން ފާޅުވެ އެގޭނެ އެވެ. މިހެންވެ حكمة ން މިމަގު ތައްޔާރު ކުރެއްވީ އެވެ. 

الله تعالى وحى ކުރައްވާފައި ވެއެވެ. قَالَ يَا  أيُّهَا الْمَلَكَؤْ أيُّكُمْ يَأْتِيْنِىْ بِعَرْشِهَا قَبْلَ أنْ يَأْتُوْنِى مُسْلِمِيْنَ () قَالَ عِفْرِيْتٌ مِنَ الجِنِّ أنَا آتِيْكَ بِهِ قَبْلَ أَنْ تَقُوْمَ مِنْ مَقَامِكَ وَإنِّيْ عَلَيْهِ لَقَوِيٌّ أَمِيْنٌ () (سورة النمل 39,38)

سليمان ގެފާނު ވިދާޅުވި އެވެ. އޭ ދަރުބާރުގެ އަހުލުވެރިންނެވެ. އެމީހުންކިޔަމަންތެރި ކަމާއެކު އަހަރެންގެ ގާތަށް އައުމުގެ ކުރީގައި އެކަމަނާގެ تخت އަހަރެންގެ ގާތަށް ގެނެސް ދެވޭނީތިޔަބައި މީހުންގެ ތެރެއިން ކާކަށްހޭ؟ (އެހިނދު ޖިންނީންގެ ތެރެއިން عفريت އަކު ދެންނެވިއެވެ. ކަލޭގެފާނު ތިޔަ مجلس ން ތެދުވެ ވަޑައިގެންނެވުމުގެ ކުރީގައި އަޅުގަނޑު އެކަމަނާގެ تخت ކަލޭގެފާނުގެ އަރިއަހަށް ގެނެސްދީފާނަމެވެ. ޝައްކެއް ނެތެވެ. އަޅުގަނޑު ވާހުށީ އޭގެމައްޗަށް ނުހަނު ގަދަފަދަ އަމާނާތް ތެރިއެއް ކަމުގައޭ) އެ عفريت ދެންނެވީ އެ تخت ގައި ނުލާހިކު އަގުހުރި މޮޅު ޖަވާހިރުތައް ޖަހާފައިވާތީ އެވެ. އެވަގުތު سليمان عليه السلام ގެ ވަޒީރު آصف بن برخيا އެކަލޭގެފާނަށް ދެންނެވިއެވެ. އެއަށްވުރެ މާއަވަހަށް އެސްފިޔަ ޖަހަލާހައި ހިނދުކޮޅެއްގެ ތެރޭގައި އަޅުގަޑު بلقيسގެ تخت ކަލޭގެފާނުގެ އަރިހަށް ގެނެސްދީފާނަމެވެ. 

لله تعالى މިފަދައިން وحى ކުރައްވާފައި  ވެއެވެ. قَالَ الَّذِيْ عِنْدَهُ عِلْمٌ منَ الْكِتَابِ  إتخ (سورة النمل 40) (ނަމަވެސް) ތިމާގެ ކިބާގައި ފޮތުގެތެރެއިން علم އެއް ލިބިފައިވާ މީހަކު ދެންނެވިއެވެ. ކަލޭގެފާނު އެސްފިޔަ ޖައްސަވާފައި އެސްފިޔަ ނެންގެވުމުގެ ކުރީގައި އަޅުގަނޑު އެކަމަނާގެ تخت ކަލޭގެފާނުގެ އަރިހަށް ގެނެސްދީފާނަމެވެ. ދެންފަހެ އެކަލޭގެފާނު ކުރިފުޅުމަތީގައި އެتخت ބެހެއްޓިފައިވާތަން ފެނިވަޑައި ގެންނެވުމުން ވިދާޅުވި އެވެ. މިއީވެސް އަހަރެން ހައްދަވައި ބޮޑުކުރެއްވި ކީރިތި الله ގެ އޯގާވަންތަ ކަމެވެ.  آصف بن  برخيا إسم أظم ކިޔަވާ ވިދާޅުވާން ފެއްޓެވުމާއިއެކު (އެސްފިޔަ ޖަހާލާހާ ހިދުކޮޅެއްގެތެރެގައި)  بلقيس ގެ تخت سليمانގެފާނުގެ ކުރިފުޅުމަތީގައި  ބެހެއްޓިއްޖެ އެވެ. 

الله تعالى  ކީރިތި  قرآن  ގައި وحى ކުރައްވާ ފައިވެއެވެ.  قَالَ نَكِّرُوْا لَهَا عَرْشَهَا تنْظُرُ أتَهْتَدِى أمْ تَكُوْنُ مِنَ الَّذِيْنَ لاَ يَهْتَدُوْنَ () سورة النمل 41)

سليمان ގެފާނު ވިދާޅުވިއެވެ. އެކަމަނާ އަށް އެގޮތް ވަކިކުރައްވަން އެނގިވަޑައިގަނޭތޯ ނުވަތަ އެކަމަނާ ވާހުށީ އެގޮތް ވަކިކުރަން ނޭނގޭ މީސްތަކުންގެ ތެރޭގައިތޯ ބެލުމަށް ތިޔަބައި މީހުން އެކަމަނާގެ تخت ގެ ސޫރަ ބަދަލުކޮށްލާށެވެ. 

بلقيس ގެ  تختގެ ސިފަ ބަދަލުކޮށްލެއްވުމުގެ ބޭނުންފުޅަކީ އެކަމަނާގެ ވިސްނުންފުޅު ތަޖްރިބާ ކުރެއްވުމާއި އަދި އެކަލޭގެފާނުގެ  معجزة ދެއްކެވުމެވެ. މިހެންވެ مننظم ންނަށް އަންގަވައިގެން މިގޮތަށް ހަމަޖެއްސެވީއެވެ. އެ تختން ބަދަލުކޮށްލެއްވީ އޭގައި ޖަހާފައިވާ ބައެއް ޖަވާހިރުތަކާއި އަދި އޭގެ ކުލައާއި އެ تخت ގެ މަތީބައިން ބައެއް ތަންތަނާއި ތިރީބައިންވެސް ބައެއް ތަންތަނެވެ. 

ފަހެ بلقيس އެފެންގަޑުގެ މަތީގައި އަޅާފައިވާ ފާލަމާއި ހަމަޔަށް ވަޑައިގެން އެތަން ފެނިވަޑައި ގެންނެވުމުން އެކަމަނާ يقين ކުރެއްވީ މިއީ ފެންގަޑެއް ކަމުގައެވެ. މިހެންވެ ފައިންޕުޅުގެ ކުޑަކަޅުވާ އާއި ހަމައިން ފޭރާންކޮޅު ކަޝްފު ކުރެއްވި އެވެ. حضرت سليمان عليه السلام  އަށް މިތަން ފެނިވަޑައި ގެންނެވުމުން އެކަމަނާގެ ފައިންޕުޅުގައި އެންމެ އިސްތައްޓެއްވެސް ނެތްކަން އެކަލޭގެފާނަށް އެނގިވަޑައިގެންފި އެވެ. 

الله تعالى وحى ކުރައްވާފައި ވެއެވެ. فَلَمَّا جائَتْ قِيْلَ أهَاكَذَا عرُشُكِ قَالَتْ كَأَنَّهُ هُوَ وَأُوَتِيْنَا الْعِلْمَ مِنْ قَبْلِهَا وَكُنَّا مُسْلِمِيْنَ () (سورة النمل 42) ފަހެ بلقيس سليمان ގެފާނުގެ އަރިއަހަށް ވަޑައިގެންނެވި ހިނދު އެކަމަނާއަށް ދެންނެވުނެވެ. ކަމަނާގެ تخت ވެސް ހުރީ މިހެންތޯއެވެ. ދެން އެކަމަނާ (تخت ގެ ކައިރިއަށް ވަޑައިގެން ބައްލަވާ ލެއްވުމަށްފަހު) ވިދާޅުވިއެވެ. (ހީވަނީ) މިއީ އެ تخت ހެންނެވެ. އަދި އޭގެ ކުރީގައިމެ އަހަރެމެންނަށް ވަނީ އެގިފައެވެ. އަދި އަހަރެމެންވީ مسلم ން ކަމުގައެވެ. 

މިކަންވެސް بلقيس ގެ ވިސްނުންތެރިކަން އެކަލޭގެފާނަށް އެގިވަޑައިގެންނެވި އެވެ. އެވަގުތު ކޮންމެވެސް މީހަކު އެކަމަނާ އަށް ދެންނެވިއެވެ. ކަމަނާ ގަނޑުވަރުގެ ތެރެއަށް ވެދެވަޑައި ގަންނަވާށެވެ. ފަހެ އެކަމަނާ ކުރިއަށް ވަޑައިގެން އެގަނޑުވަރު ފެނިވަޑައިގެންނެވި ހިނދު އެކަމަނާ އަށް ހީފުޅުވީ އެއީ ބޮޑުފެންގަޑެއް ކަމުގައެވެ. ދެން އެކަމަނާގެ ފައިންޕުޅުގެ ކުޑަކަޅުވާ އާއި ހަމައިން ފޭރާންކޮޅު ކޮށި ކުރައްވައިފިއެވެ. (އެވަގުތު) سليمان ގެފާނު ވިދާޅުވިއެވެ. މިއީ ނުލާހިކު އޮމާންކޮށް ބިއްލޫރިން عمارت ކޮށް ފައިވާ ގަނޑުވަރެކެވެ. ދެން އެކަމަނާ عجائب ފުޅު ވިއެވެ. 

الله تعالى وحى ކުރައްވާފައި ވެއެވެ. قَالَتْ رَبِّ إنِّى ظَلَمْتُ نَفْسِىْ وَأَسْلَمْتُ مَعَ سُلَيْمَانَ لِلّه رَبِّلْعَالَمِيْن () (سورة النمل 44) އެކަމަނާ ވިދާޅުވިއެވެ. އަޅު ހައްދަވާ ބޮޑުކުރެއްވި ކަލާކޮ! މިއަޅާ ތިމާގެ ނަފުސުގެ މައްޗަށް އަނިޔާވެރިވެއްޖައީމެވެ. އަދި މިއަޅާ މިތަނަށް އައުމާއި އެކުގައިމެ سليمانގެފާނުގެ އަރިއަހުގައި عالم ތަކުގެވެރި މާތް الله ގެ ކިބަފުޅަށް ކިޔަމަންތެރި ވެއްޖައީމެވެ. 

تفسير ގައި بيان ކުރައްވާފައިވެއެވެ.  حضرت سليمان عليه السلامގެ ގަނޑުވަރު ހައްދަވާފައި ވަނީ ބިއްލޫރިންނެވެ. އަދި عمارات  ކުރެވިފައިވަނީ ފެންގަޑެއްގެ މަތީގައެވެ. ގަޑުވަރުގެ ތަޅުން ހިލައިން ތައްޔާރުކުރެއްވުމުގެ ބަދަލުގައި ތައްޔާރު ކުރައްވާފައިވަނީ މޮޅު ބިއްލޫރިންނެވެ. މިހެންވެ ބިއްލޫރިއަށް ލިބިފައިވާ އަލިކަމަކާއި ސާފުކަމެއްގެ ސަބަބުން ފުރަތަމަ އެގަޑުވަރު ފެންނަ މީހަކަށް އެއީ ފެންގަޑެއްކަން ނުވަތަ ބިއްލޫރިއެއްކަން ވަކިކުރާކަށް ނޭގެއެވެ. އަދިކީއްހޭ އެމީހަކަށް ހީވަނީ ފެންގަޑެއްހެންނެވެ. އެކަމަނާ ފޭރާންކޮޅު ކަޝްފު ކުރައްވަން ޖެހިވަޑައިގެންނެވީ އެހެންވެގެންނެވެ. މިކަމުގެ ސަބަބުން ދެޔޯއިން އެކަލޭގެފާނުގެ އަރިއަހުގައި ދެންނެވީ ތެދުވާހަކައެއް ނޫންކަން  سليمان عليه السلام  އަށް ރަނގަޅަށް އެނގި ވަޑައި ގަންނަވައިފި އެވެ. އޭގެ ފަހުގައި  سليمان ގެފާނު   بلقيس އާއި ކައިވެނިފުޅު ކުރައްވައިފި އެވެ. 

- އަދި ނުނިމޭ

މިއަދު އޮންލައިން