ދަމުނަމާދުގެ ރުކޫޢާ ސުޖޫދުގަ ވަގުތު ހޭދަކުރަންވީ މިންގަނޑު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދަމުނަމާދުގެ ރުކޫޢާ ސުޖޫދުގަ ވަގުތު ހޭދަކުރަންވީ މިންގަނޑު-

ރަސޫލް (ﷺ) ދަމުނަމާދުކުރައްވަވާފައިވާ ގޮތަށް ބަލާއިރު ދަމު ނަމާދުގެ ރަކްޢަތުގައި ދިގު ސޫރަތްތައް ވިދާޅުވިއެވެ. އެހައި ދިގު ސޫރަތްތައް ވިދާޅުވުމަށްފަހު ރުކޫޢަށް ވަޑައިގެން ރަކްޢަތުގައި ހުންނެވިހައިއިރު ރުކޫޢްގައި އޮންނެވިއެވެ. އަދި ހަމަ އެހައިމެ ގިނައިރު ސަޖިދައިގައިވެސް އޮންނެވިއެވެ. މާނައަކީ ރަކްޢަތުގައި ކޮޅަށް ހުންނެވި ވަގުތާއި ރުކޫޢް އަދި އަދި ސުޖޫދުގައި ހޭދަކުރެއްވެވި ވަގުތު އެއްވަރެވެ. 

ވީމާ ދަމު ނަމާދުކުރާއިރު މިކަމާއިމެދު ވިސްނައިލަން އެބަޖެހެއެވެ. ރުކޫޢް އާއި ސުޖޫދުގައި ހޭދަކުރާ ވަގުތު ގިނަކުރަން އެބަޖެހެއެވެ. އެމީހަކަށް ވާން އޮތް ވަރަކުން ދިގުކުރާށެވެ! ނަމަވެސް އެންމެ ފުރިހަމަ ގޮތުގަކީ ރަސޫލް (ﷺ) ކުރެއްވެވި ގޮތްކަމަށް ކުރިން މިބުނި ގޮތެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ 3 ބައިގެ ވަގުތު އެއްވަރުކުރުމަށްޓަކައި މަސައްކަތްކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން ކޮޅަށް ހުރި ވަގުތަކީ 5 މިނިޓް ކަމަށް ވެއްޖެ ނަމަ ރުކޫޢުގައިވެސް 5 މިނިޓް އިރު އޮންނާށެވެ. ސަޖިދައިގައި ވެސް 5 މިނިޓްއިރު އޮންނާށެވެ! ނުއޮވެވޭނަމަ އޮވެވޭވަރަކަށް އޮންނާށެވެ! އާންމު ނަމާދުތަކަށްވުރެ ދަމުނަމާދުގެ ރުކޫޢާއި ސުޖޫދުގައި ހޭދަކުރާ ވަގުތު ގިނަކުރާށެވެ!

ދަމުނަމާދު ކުރުމަކީ ކިހައި މަތިވެރިވެގެންވާ އަޅުކަމެއްކަން އެންމެންނަށްވެސް އެނގޭނެއެވެ. ވީމާ މިބުނެލީ ހަމައެކަނި ދަމުނަމާދަށް ސަމާލުކަން ދޭންވީ މިންވަރާއި ރުކޫޢާ ސުޖޫދުގައި ވަގުތު އިތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ވާހަކައެވެ. 

- ޝައިޚް ޠާރިޤް އަޕްލިބީގެ ދަރުސަކުން

މިއަދު އޮންލައިން