މިއަދު ދިރިއުޅެންޖެހިފައި މިވަނީ ކާފިރުވި މީހުންނާއިއެކުގައެވެ. މުޅި ދުވަސް ނިމިގެންދާއިއރު އެންމެ ސޖިދައެއްވެސް ނުކުރާ މީހުންނާއިއެކުގައެވެ. ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރަމުން ގެންދާ، އެކަންކަން ކުރަން ބިރުވެތިނުވާ މީހުންނާއިއެކުގައެވެ.
ހަމައެއާއިއެކު އެނގިތިބެގެންނާއި ނުއެނގި ތިބެ މިގެންދެވެނީ ފާފަތައް ކުރެވެމުންނެވެ. ފުއްސަވައި ނުދެއްވަވައިފިނަމަ އަޅުގަނޑުމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ވާނީ ނަރަކައިގެ ދަރުކަމުގައި ނޫންހެއްޔެވެ؟
ވީމާ ކޮންމެ މީހަކުވެސް މިފަދަ ދުޢާތައް ކޮންމެ ދުވަހަކުވެސް ކުރަން އެބަޖެހެއެވެ.
رَبَّنَا لَا تَجْعَلْنَا فِتْنَةً لِّلَّذِینَ كَفَرُوا وَاغْفِرْ لَنَا رَبَّنَا إِنَّكَ أَنتَ الْعَزِیزُ الْحَكِیمُ
"އަޅަމެންގެވެރި ރަސްކަލާކޮ! ކާފިރުވި މީހުންނަށް ފިތުނައެއް ކަމުގައި އަޅަމެން ނުލައްވަވާނދޭވެ! އަޅަމެންނަށް ފާފަ ފުއްސަވާނދޭވެ! އަޅަމެންގެވެރި ރަސްކަލާކޮ! ހަމަކަށަވަރުން އިނބަރަސްކަލާނގެއީ، ޢަޒީޒްވަންތަ، ޙަޚީމްވަންތަ ރަސްކަލާނގެއެވެ!" (60: 5)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން