މި ބޮޑުދައިތަގެ މި ނަޞޭޙަތް އަޑުއަހައިފިނަމަ އަނބިމީހާގެ ސިފަ މުސްކުޅިވެ ހުތުރުވެގެން ވަރިކުރާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މި ބޮޑުދައިތަގެ މި ނަޞޭޙަތް އަޑުއަހައިފިނަމަ އަނބިމީހާގެ ސިފަ މުސްކުޅިވެ ހުތުރުވެގެން ވަރިކުރާކަށް ނުޖެހޭނެ! އިން ޝާ ﷲ

އަހަރެންގެ އަނބިމީހާއަށް 40 އަހަރުވީއިރު ބޮލުގައި ވަރަށް ގިނަ ނުރަ ހުއްޓެވެ. ބަނޑުގައި ލަކުނުތަކެއްވެސް ހުރެއެވެ. ފަލަވެފައި ސިނގު ބަނޑެއްވެސް އިނދެއެވެ. މިކަންކަން އަބަދުފެންނަން ފެށުމުން އަނބިމިހާމަތިން ފޫހިވާން ފެށިއެވެ. އަދި ޒުވާން އަންތބަކު ހޯދަން ބޭނުންވެސްވިއެވެ.

މިބާވަތުގެ ކަންކަމުގައި އެންމެ ރަނގަޅު ނަޞޭޙަތް އަހަރެންނަށް ދެނީ ބޮޑުދައިތައެވެ. ބޮޑުދައިތަ އަހަރެންނާއިމެދު ކަންކަން ކުރަނީ "ބެސްޓްފްރެންޑް" ކަންކަންކުރާ ގޮތަށެވެ. އެހެންވެ ބޮޑުދައިތަ ގާތު މިވާހަކަތައް ދައްކައިލުމުން ފެށީ ބޮޑު ތަޤްރީރެކެވެ.

1 ނުރަ ޖެހުން

ނުރަޖެހުމަކީ ﷲ ތަޢާލާ ލައްވަވާ ރަޙްމަތެކެވެ. މަރު ގާތްވަމުން އަންނަކަން ވިސްނައިދެއްވަވަވަން ދެއްވަވާ އިންޒާރެކެވެ. އެއިގެ އިތުރުން އަނބިމީހާގެ ބޮލުގައި ނުރަ ޖެހުމަކީ ފިރިމީހާއަށް ލައްވަވާ ވަރަށް ބޮޑު ނަޞީބެކެވެ. ސަބަބަކީ ކަޅިއަޅާ ފިރިހެނުން މަދުވާނެއެވެ.

2 ބަނޑުގައި ހުރި ލަކުނުތައް

ބަލަ އެލަކުނުތަކަކީ ރުކަކަށް ވަގަށް އަރައި އޮއްވާ މީހަކަށް ފެނިގެން އަވަހަށް ފައިބަން ހަދައިގެން ލާފައި ހުރި ލަކުނުތަކެއް ނޫނެވެ. އެއީ ތިބާގެ 5 ދަރިން ވިހަން ޖެއްސުމުން ލާފައިހުރި ލަކުނުތަކެކެވެ. އެލަކުނުތައް ނުފިލައި އެހުރީ ފިލުވަން މަސައްކަތްކުރަންޖެހޭ މީހާ، ތިބާ އެކަމަށް މަސައްކަތް ނުކުރުމުންނެވެ. އެންމެ ކްރީމްފުޅިއަކުން ލަކުނުތައް ފިލުވައިލެވޭނެ ކްރީމް މިހާރު ލިބެން އެބަހުއްޓެވެ.

3 ފަލަވެފަ ސިނގު ބަނޑެއް ހުރުން

ގޮތްބަލަންވެސް ނިކަން އަނބިމީހާ ގޮވައިގެން ހިނގަންގޮސްބަލާށެވެ! އެކަމަސް ވަގުތުނުވާނަމަ ކަސްރަތުކުރާ މެޝިނެއް ނިކަންގަނެދީބަލާށެވެ. އުނހުއުނހު! އަދި ހަމައެކަނި މެޝިނެއް ގަނެދިނުމަކުން ނުފުދޭނެއެވެ! ކަސްރަތުކުރަން ވަގުތުވެސް ހޯދައިދޭންވާނެއެވެ!

އަޅެ ނިކަން މިކަންކަން ކޮށްބަލާށެވެ! ބޮޑުދައިތައަށް ވިސްނެނީ ވިސްނުން މުޅިން ބަދަލުވެ އަނބިމީހާ މާރީތިވެސްވެދާނެހެންނެވެ!

 

މިއަދު އޮންލައިން