ސުންނަތް ރޯދަތައް ތިބާ ދަމާގެންގޮސް ސުވަރުގެ ވައްދާނެ މަގު- ނަރަކަ ތިބާގެ ލޮލަށް ނުވެސް ފެންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ސުންނަތް ރޯދަތައް ތިބާ ދަމާގެންގޮސް ސުވަރުގެ ވައްދާނެ މަގު- ނަރަކަ ތިބާގެ ލޮލަށް ނުވެސް ފެންނާނެ! އިން ޝާ ﷲ

ސުންނަތް ރޯދަތައް ހިފަން އަހަރެން ފެށީ 13، 14، 15 އިންނެވެ. އެ 3 ދުވަހު އަހަރެން ހަމަ އެންމެ ފާފައެއްވެސް ނުކުރަމެވެ. އެންމެކުޑަމިނުން ކިތަންމެ ކުޑަނަމަވެސް ދޮގެއްވެސް ނުބުނަމެވެ. އެއިގެ އިތުރުން ފަރުޟު ނަމާދުތައް ކުރީ ޖަމާޢަތުގައެވެ. ރަވާތިބް ސުންނަތްވެސް ކުރީމެވެ. ވިތުރި ޢާއި ދަމުނަމާދުވެސް ކުރީމެވެ. ޤުރްއާން ކިޔެވުން ގިނަކުރީމެވެ. 

ޖުމުލަކޮށްބުނާނަމަ އެ 3 ދުވަސް ހޭދަކުރީ ރަމަޟާން މަހުގެ ދުވަސްތައް ފަދައިންނެވެ. ހަމަ އެއާއިއެކު ފަހިތުން ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުގެ ރޯދަވެސް ހިފަން ފެށީމެވެ. އެ 2 ދުވަސްވެސް ހަމަ ކުރިން ބުނިފަދައިން ހޭދަކުރަމެވެ. 

ނަތީޖާ ބުނަން ހެއްޔެވެ؟ ރޯދައަށް ނުހުންނަ ދުވަސްތަކުގައިވެސް ފާފަނުކުރުމާއި އަޅުކަންކުރުމުގައި ވަރަށް ރަނގަޅަށް ސާބިތުވެވިއްޖެއެވެ. އިން ޝާ ﷲ 

މިއީ ޒުވާނަކު އޭނާގެ ޢަމަލުތައް އިޞްލާޙްކުރަން މަސައްކަތްކުރި ގޮތެވެ. ތިބާވެސް ނިކަން ތަޖުރިބާކޮށްލަބަލާށެވެ! ހަމަ އެ ޒުވާނާ ފަދައިން އިޞްލާޙްވެވޭނެއެވެ. އިން ޝާ ﷲ 

ރަމަޟާން މަސް އައުމުން ތަޤްވާވެރިވެވިފައި ރަމަޟާން މަސް ދިއުމުން ތަޤްވާވެރިނުވެވެނީ ރަމަމާން މަހު ކުރިފަދައިން އަލުކަން ނުކުރެވޭތީއެވެ. ފާފަތަކާއި ދުރުހެލިވެ ހުރިފަދައިން ފާފަތައް ކުރުމާއި ދުރުހެލި ނުވެވޭތީއެވެ! ހަމައެކަނި ރަމަޟާން މަހުގެ މުސްލިމުންނަށްވެގެން އާޚިރަތް ކާމިޔާބުކުރެވޭކަށް ނެތެވެ. ކާމިޔާބުކުރެވެން އޮތީ އެހެން ދުވަސްތަކުގައިވެސް ފުރިހަމަ މުސްލިމުންގެ ގޮތުގައި ސާބިތުވެ ތިބެވިގެންނެވެ. 

މިމަގުން ޢަމަލުކުރެވިއްޖެނަމަ ނަރަކަ ތިބާގެ ލޮލަށް ނުވެސް ފެންނާނެއެވެ! އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން