އަމިއްލައަށް ނަރަކައިގެ ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިގަންނަ މީހަކަށް ނުވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަމިއްލައަށް ނަރަކައިގެ ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިގަންނަ މީހަކަށް ނުވާށެވެ!

ގާތް އެކުވެރިންގެ ގޮތުގައި އުޅެފައިވެސް ޚިޔާލުތަފާތުވެ ރުޅިއަންނަހިނދު ނުބައި ބަސްތައް އެބަ ބުނެވެއެވެ. ތިބާއަކީ މިވެވި އެވެނި ނުބައި އަމަލުކުރާ މީހަކު ކަމުގައި އެބަ ބުނެވެއެވެ. އަނެކާގެ ސިއްރުތައް އެބަ ހާމަކުރެވެއެވެ. 

މީހަކު ދެކެ ރުޅި އައިސް އަބުރަށް އަރައިގަނެފިނަމަ އެމީހަކުވެސް އަންނާނީ ރުޅިއެވެ. މާބޮޑު އަސަރެއް ނުކުރާނެއެވެ. އެއިގެ ބަދަލުގައި ރިވެތި ބަހުން މުޢާމަލާތުކުރުމުން އެމީހަކަށް ކުރާ އަސަރުވެސް މާބޮޑުވާނެ ކަމަށް ޢިލްމްވެރިން ވިދާޅުވެއެވެ. 

މިމޭރުމުން ވިދާޅުވަނީ ހަމައެކަނި ދީނީ ޢިލްމުވެރިންނެއް ނޫނެވެ. ހުރިހާ ފަންނެއްގެ ޢިލްމުވެރިންވެސް މިމޭރުމުން ގެންދަވަނީ ވިދާޅުވަމުންނެވެ. ހަމަ އެއާއިއެކު އަލްއަޙްޒާބް ސޫރަތުގެ މި ދެއާޔަތަށް ވިސްނައިލާށެވެ! 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. (އަލްއަހްޒާބް: 70)

"(އޭރުން) ތިއަބައިމީހުންނަށްޓަކައި، ތިއަބައިމީހުންގެ ޢަމަލުތައް އެކަލާނގެ އިޞްލާޙް ކޮށްދެއްވާނެތެވެ. އަދި ތިއަބައިމީހުންނަށްޓަކައި، އެކަލާނގެ ތިއަބައިމީހުންގެ ފާފަަތައް ފުއްސަވައިދެއްވާނެތެވެ. ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނަޞީބް ލިބުމަކުން އެމީހާއަށް ނަޞީބް ލިބިއްޖެއެވެ." (އަލްއަހްޒާބް: 71)

މި ދެ އާޔަތުން އެނގިގެންދަނީ ތެދު، ރިވެތި ބަހުރުވައިން ވާހަކަ ދެއްކުމުން އެމީހަކަށް ދެއްވަވާނެ މަތިވެރި ނިޢްމަތެވެ. 

އިމާމް އިބްން ދަޤީޤް އަލް ޢީދް ބަޔާންކުރައްވަވާ ގޮތުގައި "މީހެއްގެ އަބުރަކީ ނަރަކައިގެ ވަޅުގަނޑުތަކުގެ ތެރެއިން ވަޅުގަނޑެކެވެ." ވީމާ ރުޅިއަންނަހިނދު އަނެކާގެ އަބުރަށް އަރައިގަނެ ނަރަކައިގެ ވަޅުގަނޑެއްގެ ތެރެއަށް އަމިއްލައަށް ވެއްޓިނުގަންނާށެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން