އެންމެ ގިނަ، އެންމެ ބޮޑެތި ފައިދާތައް ލިބެނީ ތަހައްޖުދު ނަމާދުން- ތަނަވަސްކަން އިތުރުވެ ބަލިތަކަށް ޝިފާވެސް ލިބޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އެންމެ ގިނަ، އެންމެ ބޮޑެތި ފައިދާތައް ލިބެނީ ތަހައްޖުދު ނަމާދުން- ތަނަވަސްކަން އިތުރުވެ ބަލިތަކަށް ޝިފާވެސް ލިބޭ!

ތަައްޖުދް ނަމާދުން ލިބޭ ފައިދާތައް ވަރަށް ގިނަގިނަވެފައި އެންމެ ބޮޑެތި ފައިދާތައް ލިބެނީ ވެސް ތަހައްޖުދު ނަމާދުންކަން އެއީ ޔަޤީން ކަމެކެވެ. އެހެނީ 

1- ﷲ ތަޢާލާ އާއި ކުއްތަންވުން އިތުރުވުން

2- ފާފަތއް ފުއްސަވައި ދެއްވަވާކަން ހިމްނިގެންވެއެވެ. 

މި 2 ކަންތައް ޙާޞިލްވެއްޖެނަމަ އެއޮތީ ހުރިހާ ކަމެއް ޙާޞިލް ކުރެވިފައެވެ. ﷲ ތަޢާލާ އާއި އެމީހަކު ކުއްތަންވުން އިތުރުވުމާއި ފާފަތައް ފުއްސަވައިދެއްވެވުމަކީ މީހަކަށް އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ. 

ދެން އޮތީ ފުރިހަމަ ޞިއްޙަތެއް ލިބުމެވެ. ދަމުނަމާދު ޤަވާޢިދުންކުރުމަކީ ބަލިތަކަށް ޝިފާ ލިބޭ ކަމެކެވެ. ވީމާ ބަލިވެ އުޅޭނަމަ ކަންނެތްވެ ނިދަން އޮންނަންވީއެއް ނޫނެވެ. ހިތްވަރުކޮށްލާފައި ތެދުވަންވީއެވެ. ދަމުނަމާދުކޮށް ދުޢާކުރަންވީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެން އެއަށްވުރެ ބަރަކާތްތެރި ވަގުތެއް ނުވެއެވެ. 

ދެން އޮތީ ތަނަވަސްކަމެވެ. ތަނަވަސްކަން ދެއްވެވުން އެދިގެން ދުޢާކުރަންވެސް އެންމެ ބަރަކާތްތެރިވަގުތަކީ އެއީއެވެ. އެހެނީ ތިމަން ﷲ ގެ ޙަޟްރަތުން ކަންކަމުގައި އެދޭ މީހުންނަކީ ކޮބައިތޯ އެ ވަޤުތުގައި ﷲ ތަޢާލާ ސުވާލުކުރައްވަވަތެވެ. އަދި އެމީހުންގެ ބޭނުންތައް ފުއްދަވައި ދެއްވަވާނެކަމަށް އެ ވަގުތުގައި ވަހީކުރައްވަވަތެވެ. 

މީސްތަކުންނޭވެ! ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދަމުނަމާދުކުރުމަށްފަހު އެކަމަކަށް އެދިގެން ދުޢާކުރާށެވެ! ހިންމަވައިދެއްވަވާނެތެވެ. އެއީ އެއްވެސް މިންވަރަކަށް ޝައްކުކުރަންޖެހޭ ކަމެއް ނޫންކަން ޙަދީޘްފުޅުތަކުން ސާބިތުވެއެވެ. އަދި މިބަޔާންކުރި ހުރިހާ ކަންކަންވެސް މިހާމަކުރީ ހަމަ ޙަދީޘްފުޅުތަކުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން