ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަންވެސް ޒުވާންކަން ދަމަހައްޓަންވެސް އަވަހަށް ނިދަންޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރަންވެސް ޒުވާންކަން ދަމަހައްޓަންވެސް އަވަހަށް ނިދަންޖެހޭ!

ފަރުޟު ފަސް ނަމާދަށް ރައްކައުތެރިވާން މަސައްކަތްކުރާ އަދި ދަމުނަމާދުކުރަންވެސް މަސައްކަތްކުރާ ބައެއް މީހުންނަށް ނަމާދުގައި ޚުޝޫޢަތްތެރި ނުވެވޭ މައްސަލަބޮޑުވެއެވެ. ނަމާދަށް ހުންނައިރު ނަމާދަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ މައްސަލަ ބޮޑުވެއެވެ. 

އެގޮތަށް އެކަން މެދުވެރިވާ އެއް ސަބަބަކީ ނިދިމަދުވުމެވެ. ނިދާވަގުތު ލަސްވުމެވެ. ނިދި ހަމައަށް ލިބިފައިނުވާ މީހުންނަށް ނަމާދުގައި ދޭންޖެހޭ ސަމާލުކަން އޮންނާނީ ނުދެވިފައެވެ. އެއީ ސިކުނޑި ވަރުބަލިވެފައި އޮންނާތީއެވެ. ދެލޯވެސް ވަރުބަލިވެފައިވާތީއެވެ. ޢިޝާ ނަމާދުކުރުމަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް ކުރަން ނޫނީ ހޭލާ ނުހުރުމަށް ޙަދީޘްފުޅުގައި އޮތީ އެސަބަބަށްޓަކައެވެ. 

އިންސާނާގެ ޞިއްހަތަކަށްޓަކައި ފުރިހަމައަށް ނިދަން ޖެހެއެވެ. ނޫންނަމަ ލޭމައްޗަސްދިއުމާއި ތަފާތު މައްސަލަތައް ކުރިމަތިވެއެވެ. އަދި މިހާރުގެ ދިރާސާތަކުން އެނގޭގޮތުގައި ނިދިމަދުވުމަކީ މީހާގެ މޫނުން މުސްކުޅި ސިފަފެނުން އަވަސްވާކަމެކެވެ. ނިދިހަމަވުމަކީ ޒުވާންކަމުގައި ދަމަހައްޓައިދޭ ސަބަބެކެވެ. 

މިފަދަ ކޮންމެ އެނގުމަކުންވެސް އެނގި ސާބިތުވަމުން މިދަނީ މީގެ 1450 އަހަރުކުރިން ރަސޫލް ﷺ ކުރައްވަވާފައިވާ ޙަދީޘްފުޅުތަކުގެ ތެދުކަމެވެ. ޙަދީޘްފުޅުތަކުގައި އެވަނީ ﷲ ތަޢާލާ އުނގަންނަވައި ދެއްވެވި ކަންކަން ކަމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން