ބިސްމިﷲ ކިޔައިގެން ކަންކަން ކުރިނަމަވެސް ފައިދާ ނުކުރަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ބިސްމިﷲ ކިޔައިގެން ކަންކަން ކުރިނަމަވެސް ފައިދާ ނުކުރަނީ ކީއްވެ؟

ކަންކަން ކުރަން ފަށަމުން ގިނަ ބައަކު ބިސްމިﷲ ކިޔައެވެ. ނަމަވެސް ގިނަފަހަރު އެކަން ވެފައި މިއޮންނަނީ ދުލުކުރިން ބުނާ ބަހަކަށެވެ. ބިސްމިﷲ ވެސް ގިނަ ބައަކު މިކިޔަނީ ކުޑައިރުންސުރެ މައިން ބަފައިން ކިޔަން އާދަކޮށްދީފައި ހުރުމުން ކިޔެނީއެވެ. މިކުރެވެނީ ކޮން ކަމެއް ކަމަށް ވިސްނައިގެން ކިޔަނީއެއް ނޫނެވެ.

އެފަދަ މީހުންނަށް އެ ކިޔާ ކިޔުމުގެ ފައިދާ ކުރާނެ ކަމަށް ބުނެވޭކަށް ނެތެވެ. ކޮންމެ އަޅުކަމެއްވެސް ހިތާއި ގުޅިފައިވާތީއެވެ. ކިޔާމީހާގެ ހިތް އަހަރެމެންނަށް ނުފެނުނު ނަމަވެސް އަޑުއައްސަވައި ވޮޑިގެންވާ ﷲ ތަޢާލާ ހަމަ އެމީހާގެ ހިތްވެސް ދެނެވޮޑިގެންވެއެވެ.

ކޮންމެ ކަމެއް ކުރަން ފަށަމުން މާނަ ހިތަށް ގެނައުމާއިއެކު "ބިސްމިﷲ" ކިޔާ މީހާއަށް ހީވެސް ނުކުރެވޭހައި ގޮތްގޮތުން މަގުފަހިކޮށްދެއްވަވާނެތެވެ! ހަމައެކަނި ދުލުން ކިޔައިލާ ގޮތަކަށް ނޫނެވެ. މާނަ ހިތްމައްޗަށް ގެނައުމާއިއެކު ކިޔަމުން ގެންދިއުމުންނެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިހުރެގެން ކިޔުމުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން