ނުކޮށް ދޫކޮށްނުލާތި!: ހިޖުރީ އާ އަހަރު ފެށުން ފާހަގަކުރަން ކުރަން އޮތް އެންމެ ފައިދާހުރި ހިޖުރަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ނުކޮށް ދޫކޮށްނުލާތި!: ހިޖުރީ އާ އަހަރު ފެށުން ފާހަގަކުރަން ކުރަން އޮތް އެންމެ ފައިދާހުރި ހިޖުރަ-

އޮގަސްޓް މަހުގެ 9 ވާ ހޯމަ ދުވަހަކީ މިއަހަރުގެ ހިޖުރީ އައު އަހަރު ފެށޭ ދުވަހެވެ. ހިޖުރައިން 1443 ވަނަ އަހަރު ފެށޭ މުޙައްރަމް މަހުގެ ފުރަތަމަ ދުވަހެވެ. ކަލަންޑަރުގައި އެއީ ބަންދުދުވަހެކެވެ. ހިޖުރަކުރަން ބޭނުންނަމަ ފުރުޞަތު ފަހިކޮށްދިނުމަށެވެ. ވިސްނައި ފިކުރުކުރާނެ ވަގުތު ދިނުމަށެވެ. 

ހިޖުރީ އައު އަހަރު ފެށުން ފާހަގަކުރަން ބޭނުން މީހާ ކުރަން އޮތް އެންމެ ރަނގަޅު ކަމަކީ ﷲ ތައާލާ ރުހިވޮޑިގަންނަވާނެ މަގަށް ހިޖުރަކޮށްލުމެވެ. އެއަށްވުރެ ކުރަން ރަނގަޅު އެއްވެސް ކަމެއް ނުއޮންނާނެއެވެ. 

ހިޖުރައިގެ ތާރީޚް ފެށިގެން އަންނަނީ ރަސޫލް (ﷺ) މައްކާއިން މަދީނާއަށް ކުރެއްވެވި ހިޖުރަ އާއި ހަމައިންނެވެ. ނަމަވެސް ހިޖުރައިގެ މާނައަކީ ހަމައެކަނި އެއް ޤައުމުން އަނެއް ޤައުމަށް ހިޖުރަ ކުރުމެއް ނޫނެވެ. އަދި އެއް ރަށުން އަނެއް ރަށް ހިޖުރަ ކުރުމެއްވެސް ނުމެނޫންމެއެވެ. އެހެނީ ރަސޫލް (ﷺ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެންމެ މާތްކަންބޮޑު ހިޖުރައަކީ ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތައްތަކާއި ދުރުވުން ކަމުގައިވާތީއެވެ. 

ވީމާ އެންމެ ފައިދާހުރި ހިޖުރައަކަށްވާނީ ކޮންމެ މީހަކުވެސް އެމީހެއްގެ ޢަމަލުތައް އިޞްލާޙްކުރުމެވެ. ތަޤްވާވެރިވާން މަސައްކަތްކުރުމެވެ. ކުރެވޭ ފާފަތައް ކުރުން ހުއްޓާލައި ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. 

ހިޖުރައިން ލިބިދޭ އެންމެ މުހިންމު އެއް ފިލާވަޅަކީ ތިމާ ތިމާގެ ޤައުމު ނުވަތަ ވަޒަން ދެކެ ކިތަންމެ ވަރަކަށް ލޯބިވީ ނަމަވެސް އެ ބިމެއްގައި ހުރެގެން އިސްލާމް ދީނުގައި ސާބިތުވެވެން ނެތް ނަމަ އިސްލާމް ދީނުގައި ސާބިތުވެ ހުރެވެން އޮތް ބިމަކަށް ހިޖުރަކުރަން ޖެހޭނެ ކަމެވެ. 

އެއީ ހަމައެކަނި އެދުވަހު އެކަން އޮތް ގޮތެއް ނޫނެވެ. މިއަދުވެސް އެކަން ކުރަން އޮތް ގޮތެވެ. ކޮންމެ ކަމެއްގައިވެސް އޮތީ އިސްލާމް ދީން ޙިމާޔަތްކުރުމެވެ. އިސްލާމް ދީނުގައި ސާބިތުވުމެވެ. އެހެންކަމުން އިސްލާމް ދީނުގައި ސާބިތުވެ ހުރުމަށް ކުރިމަތިވާ ހުރިހާ ހުރަސްތަކެއް ނައްތައިލަން ޖެހޭނެއެވެ. އެކަން ކުރެވެން އޮތް ގޮތަކަށް އެކަން ކުރަން ޖެހޭނެއެވެ. 

ވީމާ މިފެށޭ ހިޖުރީ އައު އަހަރާއިއެކު ކުރަން އޮތް އެންމެ މުހިންމު ކަމަކީ ތިމާއަށް ކުރެވެމުން އަންނަ ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ އެންމެހައި ކަންކަން ކުރުނަ ހުއްޓައިލުމެވެ. ތިމާއަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަންކަން ނޫން އެއްވެސް ކަމެއް ނުކުރާ މީހަކަށް ބަދަލުވުމެވެ. އިސްލާމް ދީނަށް ފުރިހަމައަށް އަމަލުކުރާ މީހަކަށް ބަދަލުވުމެވެ.

މިއަދު އޮންލައިން