ގިނައީ ދަރިންގެ ޢިއްފަތް ހިލޭ ފިރިހެނަކަށް ދިނުމަކީ ކޮބާކަމާ ކިހާބޮޑު ފާފައެއްކަން ނުވެސް އެނގޭ މައިންބަފައިން- ސަލާމަތެއް ނުވެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
ގިނައީ ދަރިންގެ ޢިއްފަތް ހިލޭ ފިރިހެނަކަށް ދިނުމަކީ ކޮބާކަމާ ކިހާބޮޑު ފާފައެއްކަން ނުވެސް އެނގޭ މައިންބަފައިން- ސަލާމަތެއް ނުވެވޭނެ!: މުފްތީ މެންކް

ދަރިންގެ ޢިއްފަތްތެރިކަމަށް މައިން ބަފައިން އަރައިގަންނަކަމަށްވާނީ ހަމައެކަނި މައިންބަފައިން އެކަންކުރުމަކުން ނޫނެވެ. ދަރިން ބަލައި ބޮޑުކުރުމަށްފަހު މައިން ބަފައިން ދަރިންގެ ޢިއްފަތް ނަގައިލުމުގެ ޝަކުވާއަކީ މިހާރަކަށް އައިސް އެންމެ ގިނައިން ކުރާ އެއް ޝަކުވާއެވެ. ބައްޕައިން އެމީހުންގެ ދަރިންގެ އިއްފަތަށް އަރައިގަންނައިރު މައިންމައިން ވެސް އެކަން ކުރެއެވެ. މައިން ބަފައިން އަމިއްލައަށް އެކަން ކުރާ އަދަދު މަދުވެދާނެއެވެ. 

ގިނަ މައިންބަފައިންނަށް މިއަދު ޤަބޫލުނުކުރެވޭ ކަމަކީ އަންހެން ދަރިފުޅާއި ހިލޭ ފިރިހެނުން ޖާމިނުކުރުވައިގެން ދަރިންގެ އިއްފަތް ނަގައިލުންވެސް ހިމެނިގެންދާނީ ދަރިންގެ ޢިއްފަތްނަގައިލުންކަމެވެ. އެކަންކުރާ މައިންބަފައިން މަދު ކަމަށް ބުނެވޭކަށް ނެތެވެ. 

ގިނައިން އެކަންކުރަނީ މައިންކަމަށްވާކަން އެއީ ހިތާމަހުރިކަމެކެވެ. އެއީ ކިތަންމެ ލަދުވެތިކަމެއް ނަމަވެސް އެކަން ހިނގަނީ އެގޮތަށެވެ. ސުވާލަކީ އަމިއްލަ ދަރިންގެ އިއްފަތްތެރިކަމަށް އަރައިގަތުމަށްފަހު އެދެން އޮތީ ކޮން ސުވަރުގެއެއް ހެއްޔެވެ؟ މިސުވާލު މިކުރަނީ އެކަމުގެ ފާފައިގެ ބޮޑުކަމުންނެވެ. އެއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފައަކަށްވާތީއެވެ. ﷲ ތަޢާލާ އެންމެ ބޮޑަށް ކޯފާވެވޮޑިގަންނަވާ ކަމަކަށްވާތީއެވެ.

ޤިޔާމަތް ދުވަހު ޖެހޭނީ ކުރިމަތިލާށެވެ! ޒިންމާ އުފުލާށެވެ! ވީމާ ދަރިން އެމީހުން ބޭނުންހައި ގޮތަކަށް އުޅެން، ދާންބޭނުންވާހައިތަނަކަށްދާން މިނިވަންކަމާއިއެކު ދޫކޮށްލާ މައިންބަފައިންނަށް ސަލާމަތެއް ނުވެވޭނެއެވެ! އެކުދިން ކުރާ ފާފައިން ބައި އެޅޭނެއެވެ. އަދި މަގުފަހިކޮށްދިންކަމުގެ ފާފަވެސް އެޅޭނެއެވެ. 

ހަމައެއާއިއެކު އެފަދަ ނުބައިކަން ބޮޑު ހަޑި މުޑުދާރު އަމަލުތައް ކުރުމަށްފަހު މައިން ބަފައިން މުސްކުޅިވުމުން ދަރިންގެ އަޅައިލުމާއި އެހީތެރިކަމަށްވެސް އެބަ އެދެއެވެ. އެކަމަށް އެބަ އިންތިޒާރުވެސް ކުރެއެވެ. އެހީތެރިކަން ނުލިބުމުން ޝަކުވާވެސް އެބަ ކުރެއެވެ. 

މައިން ބަފައިން ކޮންމެ ގޮތަކަށް ކަންތައްތައް ކޮށްފައިވީނަމަވެސް ދަރިންނަށް އޮތީ މައިން ބަފައިންނަށް އޯގާތެރިވުމެވެ. އެހީތެރިވުމެވެ. އެހެންކަމާއިއެކުވެސް ވިސްނައިލާށެވެ! ދަރިންނަކީވެސް އިންސާނުންނެވެ. އެމީހުންގެ ވެސް އޮންނަނީ ހަމަ ހިތެކެވެ. ވީމާ އަނިޔާވެރިވެފައިވާ މައިންބަފައިންނަށް ހެޔޮކޮށް ހިތަން ބޭނުންވި ނަމަވެސް ހުރަސްތަކެއް ހުންނާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. 

މިއަދު މިއުޅެނީ ހުރިހާ ކަންކަން ރަނގަޅަށް ކުރުމުން ވެސް ދަރިންގެ އެހީތެރިކަން ނުލިބިގެންނެވެ. ވީމާ މުޅި އުމުރުގައި ހަނދާން ނުނެތޭނެ ފަދަ އަނިޔާތައް ކުރުމަށްފަހު ދަރިންގެ ކިބައިން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރި ނަމަވެސް މަޤްޞަދު ޙާޞިލުވުން ވަރަށް ދުރުވާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މުސްކުޅިވުމުން ދަރިން ތިމާ އާއިއެކު ވަގުތު ހޭދަކުރަން އުންމީދުކުރާ ނަމަ ދަރިން ކުޑައިރު އެކުދިންނަށް ވަގުތުދޭށެވެ! އަޅައިލާށެވެ! މިއީ ހަމަ ތިލަފަތުގެ ދެކޮޅުގައި ކިރަން ޖެހޭނެ ކަމެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން